އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު
ސީޓީ ސްކޭން ހަދަންޖެހިއްޖެނަމަ ނުހަދަން ބުނަނީއެއް ނޫނެވެ. ކޮންމެހެން ހަދަން ޑޮކްޓަރުން ނިންމައިފިނަމަ އޮތީ ހެދުމެވެ. އެކަމަކު އިމަރޖެންސީ ނޫންނަމަ ހެދޭނެ އެހެން ޓެސްޓެއް އެބައޮތްތޯ ޑޮކްޓަރުންނާއި ސުވާލުކޮށްލުން ރަނގަޅެވެ.
ސަބަބަކީ ދިރާސާކުރެވުނު މަޢުލޫމާތުން އެނގޭ ގޮތުގައި އަހަރަކު ލައްކައެއްހައި މީހުންނަށް ސީޓީ ސްކޭންގެ ރޭޑިއޭޝަންގެ ސަބަބުން އެމެރިކާގައި ކެންސަރު ޖެހޭކަމަށް މިހާރު ވަނީ ބެލެވިފައެވެ.
"ސީޓީ ސްކޭނުން ބްލަޑް ކްލޮޓުން ފެށިގެން ކެންސަރާއި ހަމައަށްވެސް ދައްކައިދޭ. އެކަމަކު ސުވާލަކީ ބިލީމީހާ ހުރީ އިތުރު ރިސްކެއް ކުރިމަތިކުރުވަންޖެހޭނެ ޙާލަތެއްގައިތޯ؟"
"މިހާރަށް ބެލެވޭ ގޮތުންވެސް އެމެރިކާގައި ކެންސަރަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން 5 އިންސައްތަ ޕޮޒިޓިވްވަނީ ސީޓީ ސްކޭންގެ ރޭޑިއޭޝަނުން ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް!"
"ސީޓީ ސްކޭން ހަދަންޖެހޭ ޙާލަތުގަ ސްކޭން ހެދުމަކީ މައްސަލައެއް ނޫން! ފެންނަމުން މިޑާ ކަންކަމާއި ގުޅިގެން ޑޮކްޓަރުން ސަމާލުކަންދޭންވީ ބަލިމީހާއަށް ވިހާ ގެއްލުން ކުޑަވާނެ ގޮތަކަށް ކަންކަން ކުރަން. އިކްތިޔާރުކުރަންވީ އެންމެ ފަސޭހަ ގޮތެއް ނޫން! ވީހާ މަދުން ރޭޑިއޭޝަން ދީގެން ސްކޭންކުރަން ވިސްނަންވީ! ދެން ބައެއްފަހަރު ދިމާވާ ގޮތަކީ ބަލިމީހާ ބިރުގަންނާތީ ނަމަވެސް އެހެން ކަމެއް ދިމާވެގެންނަމަވެސް ސްކޭން އަވަސްކޮށްލަން ބެލެނީ. ނަމަވެސް މިހާރު މިފެންނަ ކަންކަމަށް ބަލައި ސަމާލުކަންދޭންޖެހޭނީ އެންމެ ފަސޭހަ ގޮތަކަށް ނޫން. ބަލިމީހާއަށް އެންމެ ރިސްކް ކުޑަވާނެ ގޮތަކަށް ކަންކަންކުރަން" ކަމަށް މިއެޕްރިލް މަހުގެ 17 ވަނަ ދުވަހު ޢާންމުކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
އެމެރިކާފަދަ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާނީ އެންމެ ފަހުގެ އެންމެ ރައްކައުތެރި މެޝިންތައް ކަމަށްވާއިއރުވެސް ސްކޭންކުރާނީ ތަޖުރިބާހުރި ޑޮކްޓަރުން ކަމަށްވާއިރުވެސް މިފަދަ މައްސަލަތައް ފާހަގަކުރެވޭކަމީ އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަން ފާހަގަކުރެވެއެވެ.
Advertisement
5 މެއި 2025