އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކުރި މަޢުލޫމާތުގައިވާގޮތުން މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 28.4 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި މަސްކިރުވި ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި 378 މަސްދޯންޏަކުން މަސް ކިރުވާފައިވާއިރު، އޭގެ ކުރީ ހަފްތާގައި 361 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މިއީ 4.7 އިންސައްތައިގެ އިތުރުވުމެކެވެ.
ނަމަވެސް، މިފްކޯއަށް ކިރުވި މަހުގެ ޖުމްލަ އަދަދު ވަނީ ދަށްވެފައެވެ. މިދިޔަ ހަފްތާގައި 2,041 ޓަނުގެ މަސް ކިރުވާފައިވާއިރު، އޭގެ ކުރީ ހަފްތާގައި 2,103 ޓަނުގެ މަސް ކިރުވާފައިވެއެވެ. މިއާ ގުޅިގެން، މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދުވެސް ވަނީ ކުޑަ މިންވަރަކަށް ދަށްވެފައެވެ. އޭގެ ކުރީ ހަފްތާގައި 28.6 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިދިޔަ ހަފްތާގައި ފްތާގައި ދޫކޮށްފައިވަނީ 28.4 މިލިޔަން ރުފިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިދިޔަ އަހަރުގެ ޑިސެމްބަރު 10 އިން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަން މިފްކޯއިން ފާހަގަކޮށްފައިވެއެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި މިފްކޯއިން މަސް ގަތުމުގެ މިންވަރު އިތުރުވެ، މަސްވެރިންނަށް ދޫކުރެވޭ ފައިސާގެ އަދަދު އިތުރުވާނެކަމަށް އުންމީދުކުރެވެއެވެ.
Advertisement
5 މެއި 2025