އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު
މިއީ މިއަދުނޫހުގެ ކިޔުންތެރިންނާއި މިއަދުނޫހާއި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދީނީ އަދި އިޖުތިމާޢީ ކަންކަމަށް ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ މަޤްޞަދުގައި ކުރިއަށްދާ ކަމެކެވެ.
ހަފްތާގެ ސުވާލު:
އަނބިދަރިންނަށް، ފިރިމީހާއަށް ނުވަތަ ޢާއިލާގެ މީހަކަށް ހިނިތުންވެލުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެއްތަ؟
އެހީ:
ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ. ޞަދަޤާތް ކުރުމުގައި އިސްކަންދޭން އޮތީ ގާތުން ދުރަށެވެ. މާނައަކީ އިސްކަންދޭންވީ ޢާއިލާއަށެވެ. ވީމާ ފުރަތަމަ ކަމަކަށް ޢާއިލާގެ މީހުންނަށް ހިނިތުންވުން ގިނަކުރާށެވެ. ފިރިމީހާ އަނބިމީހާއަށެވެ. އަނބިމީހާއަށެވެ. މައިންބަފައިން ދަރިންނަށެވެ. ދަރިން ބައިންބަފައިންނަށެވެ.
އަދިކީއްހެއްޔެވެ؟ ޢާއިލާގެ ތެރޭގައި ހިނިތުންވުން ގިނަކުރުމަކީ ލޯބިއިތުރުވެ މައްސަލަތައް މަދުވެގެންދާ ކަމެކެވެ. އިން ޝާ ﷲ
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 7 ދުވަސް ތެރޭގައި އިނާމު ގެންދެވުން އެދެމެވެ.
4 އިނާމު ލިބިލައްވާ ކިޔުންތެރިޔާއަށް ބަލައި ވަޑައިނުގެންނެވޭނެނަމަ ބަދަލުގައި އަންނާނެ މީހެއްގެ ނަންބަރު ވަޓްސްއަޕުން ނުވަތަ ފޭސްބުކް މެސެންޖަރ އިން މެސެޖްކޮށްލައްވާށެވެ.
Advertisement
6 މެއި 2025