އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަސްނާހާތީ ދަރިންނަށް ފިޔަވަޅު އެޅުމުގަ ފަރުވާތެރިވާންޖެހޭ ބައެއް ކަންކަން-

ބަސްނާހާތީ ދަރިންނަށް ފިޔަވަޅު އެޅުމުގަ ފަރުވާތެރިވާންޖެހޭ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

ދަރިން އިޞްލާޙްކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެކަންކަން ކުރަންވާނީ އެކަމުން އެންމެ ރަނގަޅު ނަތީޖާއެއް ފެންނާނެ ގޮތަށް ވިސްނައިގެންނެވެ. ޙިކުމަތްތެރިކަމާއިއެކުގައެވެ.

ދަރިންގެ ގާތުގައި އެކުދިން ކުރާ ނުރަނގަޅު ކަންކަން ކުރަން ހުއްޓާލަން ހަމަ ބުނާއިރަށް އެކަންކުރުން ހުއްޓައިލާނެކަމަށް ބަލައިގެން ނުވާނެއެވެ. ހަމަ އެފަދައިން ދަރިފުޅާއޭ ނަމާދުކުރާށޭ ބުނާއިރަށް ނަމާދުކުރަން ފަށާނެ ކަމަށްވެސް ޤަބޫލުކޮށްގެންނުވާނެއެވެ.  

ހެޔޮ ނަޞޭޙަތްދިނުމަށްފަހު، އަދި ހެޔޮ ކަންކަމަށް އަމުރުކުރުމަށްފަހު އޮތީ ކެތްތެރިވެލައިގެން ތިބެ ދުޢާކުރުމެވެ. އަދި ކުދިންގެ އުޅުމަށް އަންނަ ބަދަލުތައް ދެނެގަނެ އޯގާތެރިކަމާއިއެކު ނަޞޭޙަތްދެމުން ގެންދިއުމެވެ. ފިޔަވަޅު އަޅަންޖެހިއްޖެކަމަށް ނިންމަންވާނީ ދެން އެހެން ގޮތެއް ނެތުމުންނެވެ.  

ލޮބުވެތި ބެލެނިވެރިންނޭވެ! ތިމާމްނެ ކުޑައިރު ކަންކަން ކުރެވުނު ގޮތް ހަނދާނަށް ގެންނާށެވެ. އެއީ މީގެ 50، 40 އަހަރުކުރިކަމަށްވެދާނެއެވެ. އެއިރުގެ ޙާލަތާއި މިހާރުގެ ޙާލަތަށް ވެސް ބަލަންވާނެއެވެ.  

އިބިލީހަށް އަހުރެމެންގެ ގެތަކުގައި އެންމެ ވަރުގަދައަށް ވަޒަންވެރިވެވުނީ ދާދިފަހުންނެވެ. ފުރަތަމަ ވަޒަންވެރިވީ ޓީވީގެ ނަމުގައެވެ. އެއިގެ ފަހުން ތަފާތު ގޭމްތަކުގައި ގެއަށް ގިނަވަމުން އައިސް ކޮންމެ ކުއްޖެއެއްގެ އަތުގައިވެސް ޝައިޠޯނާއާއި މުޢާމަލާތުކުރެވޭނެ ވަސީލަތެއްވެސް އެބަ އޮވެއެވެ. އެއީ ފޯނެވެ. 

ބުނަން މިއުޅެނީ މިހާރު ޢުމުރުން 40، 50 އަހަރުވެފައި ތިބި މައިންބަފައިން ކުޑައިރާއި މިހާރާއި ވަރަށް ބޮޑު ތަފާތެއް އެބަހުރިކަމެވެ. ޝައިޠޯނާއަށް ކުދިންގެ ސިނކުނޑީގައި ހާލިގަދައިލުމުގެ ފުރުޞަތު ވަރަށް ބޮޑުކަމެވެ. އެހެންކަމުން ކުދިންނާއި މުޢާމަލާތުކުރަންޖެހޭނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ.  

މިބުނިފަދައިން ކަންކަމަށް ނުވިސްނައި ފިޔަވަޅުތަކެއް އަޅައިފިނަމަ ފާރުމަތިން އަރައިގެންގޮސްވެސް އެކުދިން ކުރަން ބޭނުންވާ ކަންކަން ކުރާނެއެވެ. އެންމެ ބޮޑު ސަބަބަކީ 18 އަހަރު ނުވާނަމަ އަދަބުނުލިބޭނެކަން އެންމެ ކުޑައިރުވެސް އެނގޭތީއެވެ. 18 އަހަރުވާއިރު ﷲ ތަޢާލާގެ ޙައްޤުފުޅުތައް ދަސްކޮށް ނުދިނަސް އިންސާނީ ޙައްޤުތައް ދަސްކޮށްދީފައި ހުންނާތީއެވެ.  

ދަރިންނާއިމެދު އެއްވެސް ފިޔަވަޅެއް މިއަދު އަޅަންޖެހޭނީ މިބުނި ކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ނޫންނަމަ ކުރާނެ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑުވެގެން ހިނގައިދާނެއެވެ.

 

- އަލަފް / މިއަދުނޫހަށް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް