އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައެއް ފަހަރު ނަމާދުކުރިޔަސް ކުރެވުނުކަން އަދި ކުރެވޭ އެހެން ކަންކަންވެސް ކުރެވުނުކަން ހަނދާން ނެތޭނަމަ ކިޔަންހުރި ޛިކުރާ ކުރެވިދާނެ ބައެއް ކަންކަން-

ބައެއް ފަހަރު ނަމާދުކުރިޔަސް ކުރެވުނުކަން އަދި ކުރެވޭ އެހެން ކަންކަންވެސް ކުރެވުނުކަން ހަނދާން ނެތޭނަމަ ކިޔަންހުރި ޛިކުރާ ކުރެވިދާނެ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 29 ސިކުންތު

ޑޮކްޓަރުން ބުނާ ގޮތުގައި ހަނދާން ނެތުމުގެ މައްސަލަ ޢާންމުކޮށް ކުރިމަތިވަނީ ޢުމުރުން ދުވަސްވުމުން ނުވަތަ ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ސިކުނޑީގެ ބައެއް ބައިތައް މަސައްކަތްނުކުރާތީއެވެ. މިޙާލަތު ކުރިމަތިވުމުން ހަނދާން ނެތޭ ބަލި ޖެހުން ކަމަށްވެސް ބެލެވެއެވެ. 

ޒުވާން ޢުމުރުގައި ގިނަ ފހަރު މައްސަލަ ކުރިމަތިވަނީ ފިކުރުކުރާ ކަންކަން ގިނަވެ ސިކުނޑިއަށް ބާރުބޮޑުވުމުންނެވެ. 

ނަމާދުކުރިޔަސް ކުރެވުނު ކަމާމެދު ހިތުގައި ޝައްކުއުފެދޭނަމަ އަދި އެހެން ކަންތައްތަކުގައިވެސް އެކަންކަން ކުރެވުނު ކަމާއިމެދު ޝައްކުއުފެދޭނަމަ ޙައްލުކުރަން ކުރެވިދާނެ ބައެއް ކަންކަމަކީ: 

1.    ތިޔަފަދަކަންތަކުން ދުރުހެލި ކޮށްދެއްވުން އެދި ދުޢާ ކުރުން.

2.    އެފަދަ ޝައްކުތައް އަމިއްލަ އަށް ފިލުވައިލާ ޔަގީނުގެ މައްޗަށް ބުރަވެގަތުން.

3.    آمنت بالله ورسله " މިފަދައިން ކިޔުން. މީގެ މާނައަކީ " ތިމަން މިހުރީ ﷲ އަށާއި ރަސޫލާ އަށް އީމާންވެގެންނޭ".

4.    ސޫރަތުލް ޙަދީދް ގެ 4 (ހަތަރު) ވަނަ އާޔަތް ކިޔެވުން.

هو الأول والآخر والظاهر والباطن وهو بكل شيئ عليم).

މި އާޔަތުގެ މާނައަކީ: " އެކަލާނގެއީ ފެށުމެއްނެތި އިސްވެވޮޑިގެންވާ އިލާހެވެ. ނިމުމެއްނެތި ފަސްވެވޮޑިގެންވާ އިލާހުމެއެވެ. އަދި ހެކިތަކުން ފައުޅުވެވޮޑިގެންވާ އިލާހުމެއެވެ. ޙިއްސުތަކަށް ވަންހަނާވޮޑިގެންވާ އިލާހުމެއެވެ. އަދި އެކަލާނގެއީ، ކޮންމެ ކަމެއްމެ ދެނެވޮޑިގެންވާ އިލާހެވެެ". واللهأعلم

 

 

 -ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް