އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު
ރިބާއާއި އެނޫންވެސް ޙަރާމް ކަންކަން ޙަލާލްކުރާނެ ބައަކު ފަހުން އަންނާނެކަން ޙަދީޘްފުޅުން އެނގެން އޮތުމުން އެމީހުން މިހާރު ފައުޅުވެގެން އުޅޭތީ ކަންބޮޑުވާކަށް ނުޖެހެއެވެ. ކަންބޮޑުވާންވީ ރިބާގެ ފައިސާ ތިމާއަށް ބޭނުންކުރެވިދާނެތީއެވެ. ދަރިންނަށް ދެވިދާނެތީއެވެ.
ކޮމާޝަލް ބޭންކްތަކުގަ ހުންނަ ސޭވިންގ އެކައުންޓަށް ޖަމާކުރާ އިންޓަރަސްޓް ރިބާއަށްވާ ގޮތާ އެކަމުން ސަލާމަތްކުރެވޭނެ ގޮތް:
(ކޮމާޝަލް ބޭންކްތަކުގަ ހުންނަ) ސޭވިންގް އެކައުންޓުގައި ހުންނަ ފައިސާ އިން އަހަރަކު ދޭ ފައިދާ ރިބާ އަށް ވާ ގޮތަކީ ގެއްލުމާއި ފައިދާގައި ދެފަރާތް ހަމަހަމަ ނުވާތީވެއެވެ. މާނަ އަކީ ބެންކިން އެފައިސާ އިން ވިޔަފާރިކޮށް ގެއްލުންވީ ކަމުގައިވީ ނަމަވެސް ކަސްޓަމަރ އަށް އެއްކަލަ ފައިދާ ދޭންޖެހެއެވެ. މީގެ ބަދަލުގައި ފައިދާވެއްޖެނަމަ މިވެނި ޕަސެންޓެއް ދޭނަމޭ އަދި ގެއްލުންވެއްޖެނަމަ ދެފަރާތުންވެސް ޒިންމާ ނަގަން ޖެހޭ ގޮތަށް އޮންނަ ނަމަ މައްސަލަ އެއް ނެތެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ވިސްނައިލާށެވެ! ތިބާގެ އެކައުންޓުގައި ހުރި ފައިސާގެ ތެރެއަށް ބޭންކުން އިންޓަރެސްޓުގެ ގޮތުގައިދޭ މަދު ރުފިޔާކޮޅު ވެއްދުމުން ތިބާގެ ޙަލާލް ފައިސާވެސް ނަޖިސްވެގެންދިއައީއެވެ.
ދުނިޔޭގެ އެދުންތަކަށް މީސްތަކުން ދަހިވެތިވީލެއް ބޮޑުކަމުން ރިބާ އާއިމެދު މީސްތަކުން މިވަނީ ވަރަށް ބޮޑަށް ޣާފިލުވެފައެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވައިލުމަށް ތިރީގައިވާ ލިންކުން ފެންނަ ލިޔުން ކިޔައިލުން ވަރަށް މުހިންމެވެ.
https://islamqa.info/en/answers/22339/riba-in-islam-permissible
Advertisement
7 މެއި 2025