އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 22 ސިކުންތު
ބޮލުގަ ފެންފުހުމުގެ މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި ކޮންމެސްވަރަކަށް ޚިލާފުއެބަހުރި އުފެދިފަ ބޮލުން ބައެއްގަތޯ ފެން ފުހޭނީ ނުވަތަ މުޅި ބޮލުގަތޯ ފެންފުހޭނީ. މިހާރު ޝާފިޢީ މަޒްޖަބުގަ މި އޮންނަނީ ބޮލުން ބައެއްގަ ފެން ފުހުން. ބޮލުން ބައެއްގަ ފެން ފުހުން އެއީ ފަރުޟު ވެގެންވާކަމަށް. އަދި ބައެއް ޝާފިޢީ މަޒްހަބްގެ ބައެއް ޢިލްމުވެރިން އެބަހުރި ބޮލުގެ ތިން އިސްތަށީގައި ފެން ފުހެލީމަ ފުދޭނެކަމަށް ވިދާޅުވެފަ.
އާދެ! ބޮލުގަ، ބޮލުން ބައެއްގަ ފެން ފުއްސެވިކަމަކަށް އެއްވެސް ރިވާޔަތަކުން ސާބިތެއް ނޫން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބޮލުން ބައެއްގަ ފެން ފުއްސަވައިލައްވާ ފަރުޖައްސަވައިލެއްވި ކަމަކަށް އެއްވެސް ރިވާޔަތަކުން ސާބިތެއް ނޫން. ދެން މިސާލަކަށް ޝާފިޢީ މަޒްހަބްގެ ބޮލުން ބައެއްގަ ފެން ފުހުން އެއީ ފުދޭނެކަމަށް ވިދާޅުވާ ބޭކަލުން، އެބޭކަލުން ވިދާޅުވަނީ (އަރަބި) " ތިޔަބައިމީހުން ބޯތަކުގެ ފެން ފުހޭށޭ" ޤުރުއާނުގެ އާޔަތުގަ މީނީ މިތާންގަ (އަރަބި) 'ބ'، ބާގެ މާނައަކީ އެއީ ބައެއްގެ މާނައޭ އެއީ. ބަޢުލުގެ މާނަ އެއީ "ބަޢުލު". އެބޭކަލުން ވިދާޅުވަނީ އެތާންގަ 'ބ' ގެ މާނައަކީ އެއީ ބަޢުލުގެ މާނައޭ. އޭގެ މާނައަކީ (އަރަބ) އެތާންގައި 'ބ' ގެ މާނަ ބަޢުލުގެ މާނަ އެބޭކަލުން އެ މާނަ ކުރެއްވީ 'ބ' ގެ މާނަ ޙަޤީގަތުގައި ޤުރުއާނުގައި އެއްވެސް ގޮތަކަށް ބާ ގެ މާނަ ބަޢުލުގެ މާނައިގައި ކުރައްވާފައެއް ނެތް ޢިލްމުވެރިންނެއް. ބަހުގެ އަހުލުވެރިންނެއްވެސް ނެތް ކުރައްވާފައެއް. އެއީ 'ބ' ގެ މާނަ މި އިންނަނީ ދިހަ މާނައެއް 'ބ' ގެ ކުރައްވާފަ ޢިލްމުވެރިން، ބަހުގެ އަހުލުވެރިން. ޢަރަބި ބަހުގެ އަހުލުވެރިން 'ބ' ގެ މި އިންނަނީ ދިހަ މާނައެއް ކުރައްވާފަ. އެ ދިހަ މާނައިގެ ތެރެއަކު ނެތް ބަޢުލުގެ މާނައެއް އައިސްފައެއް 'ބ' ގެ. 'ބ' ގެ ބަޢުލުގެ މާނައެއް ނެތް އައިސްފައެއް. އެހެންވީމާ ބަޢުލުގެ މާނައެއް އަޅުގަނޑުމެންނަކަށް ނުނެރެވޭނެ އަމިއްލަޔަކަށް އެއިން. އެއީ ބަހުގެ ޢިލްމުވެރިން އެގޮތަށް ބަޢުލުގެ މާނަ ކުރައްވާފައި އިންތޯ އަޅުގަނޑުމެން ބަލަންޖެހޭނީ. ކުރައްވާފަ އިންދެއްޖެއްޔާ މައްސަލައެއް ނެތް. އެކަމަކު ކުރައްވާފައެއް ނެތް. އެހެންމަ ނެތީމަކާ އަޅުގަނޑުމެންނަށް ބަޢުލުގެ މާނައެއް ނުކުރެވޭނެ. އެހެންމަ ބައެއްގެ މާނަ އަޅުގަނޑުމެންނަކަށް ނުކުރެވޭނެ އެތާންގަ. އެހެންމަ މުޅި ބޮލުގަ ފެން ފުހޭށޭ އަންގަވާފަ އެއޮތީ، މުޅި ބޮލުގަ.
އެހެންމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ތިން ގޮތެއް މިއޮތީ ބޮލުގަ ފެން ފުހުމަށް ސާބިތުގެން އައިއްސަ. އެއްގޮތަކީ އެކަލޭގެފާނު މުޅި ބޮލުގަ ފެން ފުއްސެވި. މުޅި ބޮލުގަ ފެން ފުއްސެވިއޭ، އެއީ ފަގުޑިކޮޅު ތުރުކުރައްވައިގެން ނުހުންނަވާ ހާލުގަ އެކަލޭގެފާނު މުޅި ބޮލުގަ ފެން ފުއްސަވާފަ މިވަނީ. އެކަމާ ބެހޭގޮތުން ވާރިދުވެގެން އައިސްފައިވާ ބަސްފުޅުގަ މި އޮންނަނީ (އަރަބި) "އެކަލޭގެފާނު ނިއްކުރިފުޅުމަތިން ދެ އަތްޕުޅުން ފެން ފުއްސަވަން ފަޓަވައެވެ.ފައްޓަވައިގެން އެ ދެއައަތްޕުޅު ފިރުމަމުން ފިރުމަމުން އެބަ ގެންދަވައޭ ބޮލުގެ ފުށްކިބަފުޅާ ހަމައަށް." (އަރަބި) " ދެން އަލުން އަނބުރާ ދެއަތްޕުޅު ފިރުމަމުން ފިރުމަމުން،ބޮލުގަ ފިރުމަމުން ފިރުމަމުން ގެންނަވައޭ އަނެއްކާ އެ ފެއްޓެވި ހިސާބަށް. އެގޮތަށް އެކަލޭގެފާނު ފެން ފުއްސަވާފައިވަނި ބޮލުގަ. އެންމެ ފުރަތަމަ ނިތްކުރިމަތި މި ފައްޓަވަނީ ދެއަތްޕުޅުން. ފައްޓަވާފަ ބޮލުގަ ފެން ފުއްސަވަމުން ބޮލުގެ ފުށްކިބަފުޅާ ހަމައަށް ގެންދަވަނީ. ގެންދަވާފަ އަލުން އަތް ނައްޓަވާ ނުލައްވަވާ، އަތް ނައްޓާ ނުލައްވަވާ އަލުން އެ ބޮލުގެ ފުށްކިބަފުޅުން ފެށިގެން އަނެއްކާ އެ ފެއްޓެވި ހިސާބަށް ނިތްކުރިފުޅާ ހިސާބަށް އެކަލޭގެފާނު އަނބުރާ ދެއަތްޕުޅު ގެންނަވައޭ. އެހެންމަ މުޅި ބޮލުގަ އެކަލޭގެފާނު ފެން ފުއްސެވީ. އެއީ ފުރަތަމަ ގޮތް.
ދެވަނަ ގޮތަކީ އެކަލޭގެފާނު އާއްމުކޮށް ދަތުރުފުޅު މަތީގަ އުޅުއްވާއިރުގަ އެކަލޭގެފާނު އާއްމުކޮށް ދެން ފަގުޑިކޮޅު އެކަލޭގެފާނު ހުރިހާ ހާލަތްޕުޅެއްގަވެސް، ގިނަ ހާލަތްތަކުގަ އެކަލޭގެފާނު ފަގުޑިކޮޅު ތުރުކުރައްވައިގެން ހުންނަވަނީ. އެހެންވެ އެކަލޭގެފާނު ދެން ދަތުރުތަކުގަ އެ ފަގުޑި ބޭލުމަކީ ވަރަށް އުނދަގޫ ކަމެއް އެއީ. އެއީ ފަގުޑިއަކީ ވަރަށް ބޮޑުއެއްޗެއް އޭރުގަ. ވަރަށް ބޮޑު ފޮތިގަނޑެއް އެއީ. އެހެންވީމަ ކޮންމެ ފަހަރަކު ނައްޓުވާލާފަ އޮޅުމަކީ އުނދަގޫކަމެއް. އެހެންކަމުން އެކަލޭގެފާނު ފަގުޑިކޮޅު މަތީގަ ފެން ފުއްސެވިކަމަށް އަސްޙާބު ބޭކަލުން އެބަހުރި ވިދާޅުވެފަ. ދެން ހުއްފުގަ ފެން ފުއްސެވިވާހަކަ. ފަގުޑިކޮޅު މަތީގަ. އެއީ ދެވަނަ ގޮތް. ފަގުޑިކޮޅު މަތީގަ ފެން ފުއްސެވުން.
ތިންވަނަ ގޮތަކީ އެކަލޭގެފާނު ނިތްކުރިފުޅު މަތީގަ އެއްބައި ފުއްސަވާފަ އަނެއްބައި ފަގުޑިކޮޅު މަތިން ފުރިހަމަ ކުރެއްވުން. އެވެސް އެކަލޭގެފާނު ދަތުރުފުޅު މަތީގަ ކަންތައް ކުރެއްވި ގޮތެއް އެވެސް. އަޞްޙާބު ބޭކަލުން އެބަހުރި ރިވާ ކުރައްވާފަ އެކަލޭގެފާނު ނިތްކުރިފުޅުމަތިން ބައެއްގަ ފެން ފުއްސަވާފަ ދެން ބާކީ ބައި އެކަލޭގެފާނު ފަގުޑިކޮޅު މަތިން ފުރިހަމަ ކުރައްވައެވެ. ދެން އެކަލޭގެފާނު ހުއްފުގައި ފެން ފުއްސެވިއެވެ. އަޞްޙާބު ބޭކަލުން އެބަހުރި ވިދާޅުވެފަ.
އެހެންމަ މި ތިންގޮތުން ކުރެ އެއްވެސް ގޮތެއްގައި ނެތް ބޮލުން ބައެއްގައި ފެން ފުއްސަވާފަ އެކަލޭގެފާނު ފަރުޖައްސަވާލެއްވި ކަމަކަށް ސާބިތުވާކަށް. އެއްވެސް ރިވާޔަތެއްގައި، އެއްވެސް ދަލީލަކުން ނެތް. ދެން ހަމަ މިގޮތަށް މި ބަސްފުޅުތަކުން ބަލާއިރުގަ އަންހެން ބޭކަނބަލުން، ބުރުގާ އަޅުއްވައިގެން ތިއްބަވާ އަންހެން ބޭކަނބަލުން، އެކަނބަލުންނަށްވެސް ބުރުގާގެ މަތިން އެކަނބަލުންނަށް ފެން ފުހެވޭނެ. އަދި ހާއްސަކޮށް މިސާލަކަށް މީސްތަކުންގެ ތެރޭގަ ވުޟޫކުރާއިރުގަ އަންހެން ބޭކަނބަލުން އެ ބުރުގާ ނެގުމަކީ އެއީ ފަސޭހަކަމެއް ނޫން އެއީކީއެއް. އެހެންކަމުން އެކަނބަލުންނަށްވެސް ހުއްދަ ބުރުގާގެ މަތިން ފެން ފުހެލުން. ހަމަ އެގޮތަށް ނިތްކުރިމަތީގަ ފުހެލާފަ އަނެއްގައި ބުރުގާގެ މަތިން ފުހެލިޔަސް މައްސަލައެއް ނެތް. އެއީ މި ފަގުޑީގެ މައްޗަށް ޤިޔާޞް ކޮށްފަ.
- ޝައިޚް މުޙައްމަދު އިބްރާހީމް
Advertisement
7 މެއި 2025