އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެރިކަލްޗަރއަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ދާއިރާއެއްނޫން، އަންހެނުން ބައިވެރިވުންވެސް މުހިންމު: ވަޒީރު ޝިޔާމް

މެރިކަލްޗަރއަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ދާއިރާއެއްނޫން، އަންހެނުން ބައިވެރިވުންވެސް މުހިންމު: ވަޒީރު ޝިޔާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

މެރިކަލްޗަރއަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ދާއިރާއެއް ނޫންކަމަށާއި، މި ދާއިރާގައި އަންހެނުންގެ ބައިވެރިވުންވެސް މުހިންމުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ކ. މަނިޔަފުށީގައި ބޭއްވުނު މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، ރާއްޖޭގައި މެރިކަލްޗަރ އަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"މެރިކަލްޗަރ ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު މިދަނީ ކުރަމުން. މިކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށާއި މީހުން ބިނާކުރުމަށްވެސް މިދަނީ މަސައްކަތްކުރަމުން. އަދި މިކަމުގެ ޤާނޫނީ ފްރޭމްވޯކް ހަރުދަނާކުރުމަށްވެސް މަސައްކަތްކުރާއިރު މިކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުން މުހިންމު،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން އަހަރަކު 2 ފަހަރު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މިއަހަރުގެ ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ އެޕްރީލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 8ވަނަ ދުވަހާ ހަމައަށް ކ. މަނިޔަފުށީގައެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ 9 ސަރަހައްދަކުން 15 މީހުން ބައިވެރިވިއެވެ.

ވަޒީރު ޝިޔާމްގެ ވާހަކަފުޅުން އެނގިވަޑައިގަންނަވާ ގޮތުގައި، މެރިކަލްޗަރ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަމުން، މި ދާއިރާގައި އަންހެނުންނަށްވެސް ފުރުޞަތު ހުޅުވިގެންދާނެކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު