އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުގަ ކެތްތެރިވުން-: އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް!

ނަމާދުގަ ކެތްތެރިވުން-: އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 15 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ނިކަން ވިސްނައިބަލާށެވެ! ނަމާދަށް ހުއްޓެވުމާއިއެކު ބައެއް މީހުންނަށް ލައިގެން ހުންނަ ހެދުމަށް ދަމަންޖެހެއެވެ. ގައިކަހަން ޖެހެއެވެ. ބޯކަހަންޖެހެއެވެ. ތިމާގެ ދެފަރާތުގައި ހިނގާހާ ކަންކަން ބަލަން ޖެހެއެވެ.

އެހާލަތުގައި އެކުރެވެނީ ނަމާދެއް ނޫނެވެ. ފުރަތަމަ ކަމަކީ ނަމާދަށް ހުއްޓިހުރުމުގައި މަޑުމައިތިރިވެގެން ހުރުމަށް ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. 

މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ ބަގަރާ ސޫރަތުގެ 238 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. حَٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَٰنِتِينَ ﴿٢٣٨﴾‏ މާނައީ: "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ! (238)" 

ޢާންމުގޮތެއްގައި 4 ރަކްޢަތް ނަމާދެއްކުރަންވެސް ހޭދަކުރަންޖެހޭނީ ގިނަވެގެން 5- 7 މިނިޓެއްހައިއިރެވެ. އެހައި ކުޑަ ވަޤުތުކޮޅަކު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރެލަން ބުރަވާ މީހަކަށް ކުރެވޭނީ ކޮން ނަމާދެއް ހެއްޔެވެ؟ 

ނަމާދާއިމެދު ކޮންމެ މީހަކަށްވެސް އެނގެންޖެހޭ އިތުރު ބައެއް ކަންކަން- 

ނަމާދަކީ އިސްލާމް ކަމުގެ ރުކުންތަކުގެ ތެރެއިން ދެވަނަ ރުކުނެވެ. އަދި އެއީ އެންމެ މާތް އަދި ﷲ ތަޢާލާ އެންމެ ލޯބިވޮޑިގަންނަވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. އަދި އެކަމަށް އަހައްމިއްޔަތުކަން ދީގެން ކޮންމެ ދުވަހަކުވެސް ނަމާދެއް ނާޅާ ވޭތޯ ބަލަންވާނެއެވެ. އަދި ނަމާދަށް ފަރުވާތެރިވެ ސުންނަތް ނަމާދުތައް އަދާކުރުމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި އެމީހަކަށް ކާމިޔާބާއި ފަލާޙް ލިބިގެންދެއެވެ. 

عن أبي عبد الرحمن عبد الله بن عمر بن الخطاب رضي الله عنهما قال : سمعت رسول الله صلى الله عليه وسلم يقول : ( بني الإسلام على خمس : شهادة أن لا إله إلا الله ، وأن محمدا رسول الله ، وإقام الصلاة ، وإيتاء الزكاة ، وحج البيت ، وصوم رمضان ) رواه البخاري ومسلم .

އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. އިސްލާމް ކަމުގެ ރުކުންތައް ބެހެނީ ފަސް ބަޔަކަށެވެ. ޝަހާދަތުގެ ދެކަލިމަ، ނަމާދު ޤާްިމް ކުރުން، ޒަކާތް ދިނުން، ކަޢުބަތު ﷲ ގެފުޅަށް ޙައްޖުވުން، އަދި ރަމަޟާން މަހުގެ ރޯދަ ހިފުމެވެ. 

ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީވެސް ނަމާދާ ބެހޭގޮތުންނެވެ. މީގެ އިތުރުން ﷲ ތަޢާލާގެ އެއްކައުވަންތަކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެއިލާހުގެ ރަސޫލާކަމަށް ހެކިވެއްޖެ ކޮންމެ މީހެއްގެ މައްޗަށާއި، ބާލިޣުވެފައިވާމީހަކަށް އަދި ބުއްދި ސަލާމަތުންހުރި މީހަކަށް ނަމާދު ވާޖިބު ވެގެންވެއެވެ. 

އަދިވެސް މުއުމިނޫން ސޫރަތުގެ 9 ވަނަ އާޔަތުން 11 ވަނަ އާޔަތައް ވަހީ ކުރައްވާފައިވެއެވެ. وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ ﴿٩﴾‏ أُو۟لَٰٓئِكَ هُمُ ٱلْوَٰرِثُونَ ﴿١٠﴾‏ ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَٰلِدُونَ ﴿١١﴾‏ މާނައީ: " އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. (9) (ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ. (10) އެއުރެންނީ، فردوس އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ. (11)" 

عن النبي عليه الصلاة والسلام أنه قال في الصلاةالعهد الذي بيننا وبينهم الصلاة فمن تركها فقد كفر ނަބިއްޔާ ޞައްލަ ﷲޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. އަހަރެމެންނާއި އެބައިމީހުންނާއި ދެމެދުގައިވާ ތަފާތަކީ ނަމާދެވެ. އަދި ނަމާދު ދޫކޮށްލައިފި މީހަކު ކާފަރުވެއްޖެއެވެ. 

އަޅުގަނޑުގެ ދުޢާއަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ކަންތައްތައް ކުރުމަށް އަޅުގަނޑުމެންނަށާއި ހުރިހާ މުސްލިމުންނަށް އެހީތެރިވެދެއްވެމެވ. އަދި އަހަރުމެންގެ ހިތްތަކާއި ޢަމަލުތައް އިސްލާޙް ކުރެއްވުމަށެވެ. އަދި އިސްލާމް ދީނުގެ ރައްކާތެރިކަން އަޅުގަނޑުމެންނަށް ދެއްވުމަށާއި، އަދި ފަސް ނަމާދު ވަގުތުގައި އަދާކުރާ ބައެއް ކަމުގައި ލެއްވުމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް