އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު
މީހަކު މެރުމުގެ ޤަޞްދުގައި ނޫންނަމަވެސް ކުރެވޭ އަނިޔާއަކުން އެބަ މަރުވެއެވެ. މިއީ ކުޑަ ކަމެއް ކަމަށް ނުދެކޭށެވެ! އެއީ ވަރަށް ބޮޑު ކަމެކެވެ!
ވީމާ އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! ޚާއްޞަކޮށް މީހެއްގެ ފުރާނައަށް ގެއްލުންވެދާނެ ކިތަންމެ ކުޑަކުޑަ ކަމެއްވިޔަސް ނުކުރާށެވެ! އެމީހަކަށް ކުރެވުނު ކަމެއްގެ ސަބަބުން (ޤަޞްދުގައި ކުރިކަމަކުން ނޫނަސް) މީހަކު މަރުވެއްޖެނަމަ ކައްފާރާދޭންޖެހޭނެއެވެ.
މީހަކު މެރުމުގެ ޤަޞްދުގައި ނޫންނަމަވެސް މީހަކަށް ކުރެވޭ ކަމަކުން މީހަކު މަރުވެއްޖެ ނަމަ، އެމީހާގެ ޢާއިލާއިން މާފުކޮށްފައިވީނަމަވެސް އަދި މަރުވީ މުސްލިމެއް ނޫންނަމަވެސް 2 މަސްދުވަހު ރޯދަ ހިފަންޖެހޭނެކަމަށް އޮންނަކަމަށް އަޑުއެހީމެވެ އެއީ ތެދެއްތޯއެވެ؟
ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ޖަވާބުއެވެ.
2 މަސް ދުވަހު ރޯދަހިފަންޖެހޭނެއެވެ. މަރުވީ ކާފިރަކު ކަމަށްވުމަކުން ޙުކުމ ބަދަލުވާކަން އެނގިފައެއް ނުވެއެވެ.
ޝައިޚް ޢާޞިމް އަލް_ޙަކީމްގެ ޖަވާބު:
2 މަސްދުވަހު ރޯދަހިފަން ޖެހޭނެއެވެ.
Advertisement
9 މެއި 2025