އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ހިތާމަވެރިކަން ކުރިމަތިވެވަޑައިގަތުމުން ރަސޫލް ޞޢވ ކުރެއްވެވި ބައެއް ދުޢާ-

ހަނދުމަކޮށްދިނުމެއް!: ހިތާމަވެރިކަން ކުރިމަތިވެވަޑައިގަތުމުން ރަސޫލް ޞޢވ ކުރެއްވެވި ބައެއް ދުޢާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 25 ސިކުންތު

ހިތްދަތިކަން ކުރިމަތިވުމުން ކުރާނެ ރަނގަޅު ދުޢާއަކަށް ކިޔުންތެރިން އެދިލައްވާތީ މިގެނެސްދެނީ ސުންނަތުން އެނގެންހުރި ދުޢާއެވެ. ދަސްކުރައްވައި ކުރައްވަމުން ގެންދަވާށެވެ!  

ހިތާމަތަކާއި ހިތްދަތިކަން ކުރިމަތިވުމަކީ އިންސާނާ ދުނިޔޭގައި ހޭދަކުރާ ޙަޔާތުގައި ހމެނިފައިވާ އެއްބައެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް އެފަދަ ޙާލަތުތައް މެދުވެރިވާނެއެވެ. ކިތަންމެ ގިނައިންވެސް މެދުވެރިވެދާނެއެވެ. އަހަރެމެންނަށް އޮތީ އެއީ ކުރިމަތިވާނެ ކަންކަން ކަމުގައި ޤަބޫލުކޮށް ސުންނަތަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާއަށް ދުޢާކޮށް އެކަލާނގެ ޙަޟްރަތުން ވާގިއެދުމެވެ.  

ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ކުރާ ދުޢާ  

ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ނަބިއްޔާ صلى الله عليه وسلم މިފަދައިން ވިދާޅުވާކަމުގައިވެއެވެ. 

لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ. 

"މަތިވެރިވެ ޙިލްމުވެރިވެވޮޑިގެންވާ ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ." 

لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ. 

"މަތިވެރި ޢަރުޝުގެ ވެރި ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."   

لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ. 

"އުޑުތަކުގެ ވެރި ރައްބު، ބިމުގެ ވެރި ރައްބު އަދި މާތް ޢަރުޝުގެ ވެރި ރައްބުކަމުގައިވާ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ." 

--ޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް رحمهما الله

___________________________________

الأذكار والآدابޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  

 

- އަލްއަޚް ޙުސައިން ޠާރިޤްގެ ލިޔުއްވުމަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް