އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާނުގަވާ ވަޙީބަސްފުޅުތައް ޔަޤީން ނުކުރެވުން- ބިރުހުރި ކަމެއް!

ޤުރްއާނުގަވާ ވަޙީބަސްފުޅުތައް ޔަޤީން ނުކުރެވުން- ބިރުހުރި ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަމަށް ޢަމަލުނުކުރާ މީހުން ވިސްނައިލުން މުހިންމު ކަންކަން-: 

ތަކެތި ގަންނައިރު ދޫކުރާ ވޮރަންޓީއަށް އިތުބާރުކޮށް އިތުބާރުކުރެވޭ ކުންފުނިތަކުގެ އުފެއްދުންތައް ބޮޑުއަގުގައި ގަންނަމުއެވެ. އެކަރުދާސްކޮޅަށް އިތުބާރުކޮށް އަތުގައި ފައިސާ ނެތްނަމަ ލޯނުނަގައި ދަރަނިވެރިވެގެންވެސް ބޮޑުއަގުގައި އެބަ ގަންނަމުއެވެ. މިބުނަނީ އިތުބާރު ނުކުރެވޭ ކުންފުންނެއްގެ އުފެއްދުމެއް 100 ޑޮލަރަށް ލިބެން އޮއްވައި އިތުބާރުކުރެވޭ ކންފުނީގެ ތަކެތި 200 ޑޮލަރަށްވިޔަސް ގަންނަ ވާހަކައެވެ. 

އެހެން ނަމަވެސް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ﷲ ތަޢާލާގެ އާޔަތްތަކަށް އިތުބާރެއް ނުކުރަމުއެވެ. އެހެން މިބުނަނީ ޤަބޫލުނުކުރެވޭތީއެވެ. ޤަބޫލުކޮށް އިތުބާރުކުރާނަމަ ކީރިތި ޤްރްއާނުގެ އާޔަތްތަކަށް ޢަމަލުކުރާނެއެވެ. ނަމާދުކުރަންޖެހޭކަން ޤަބޫލު ކުރާނަމަ ނަމާދުކުރާނެއެވެ. ﷲ ތައާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވާނެއެވެ. 

އަބޫޠާލިބްގެފާނަށްވެސް ކުރިމަތިވެވަޑައިގަތީ ހަމަ އެމައްސަލައެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު () ބަސްފުޅުތަކަކީ ސާފު ސީދާ ތެދު ބަސްފުޅުކަން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް ޤަބޫލުފުޅު ނުކުރެއްވެވުނީއެވެ. ޤަބޫލުފުޅުކުރައްވަވައި ޢަމަލުކުރައްވަވަން ފަސްޖެހިވަޑައިގަތީއެވެ. 

ﷲ ތަޢަލާ ވަޙީކުރައްވަވާފައިވަނީ ނަރަކައަށް ބިރުގަންނަ މީހުން ނަރަކައިން ސަލާމަތްވާނެ ކަމަށެވެ. ނަރަކައަށް ބިރު ގަންނާނީ ތަޤްވާވެރިންނެވެ. ތަޤްވާވެރިންނަކީ ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ނުކުރާ އަދި ﷲ ތަޢާލާ އަމުރު ކުރައްވަވާފައިވާ ކަންކަން ކުރާ މީހުންނެވެ. ވީމާ ނަރަކައިން ސަލާމަތްވާނީ ކޮން ބައެއްކަން މިއޮތީ އެނގޭށެވެ. 

އަހަރެމެން އަޅުކަން ކުރަނީ ކީއްކުރަން ހެއްޔެވެ؟ ހިތަށް ބިރުވެރިކަން ގެނައުމަށެވެ. ކިޔަމަންތެރިކަން އަދާކުރުމުގެ ބާރު އަށަގެންނެވުމެވެ. ނުކިޔަމަންތެރިކަމާއި ދުރުވުމަށެވެ. ތަޤްވާވެރިވެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް