އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި ހިންގާ ސްކޮލަރޝިޕް ފަންޑަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން މިކަން އިޢުލާނުކުރަމުން ބުނެފައިވަނީ މި ސްކޮލަރޝިޕަކީ ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރަން ޝައުޤުވެރިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީއަކުން މި ދާއިރާއިން ބޭނުންވާ ކޮންމެ އަންޑަރގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ޚަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލަރޝިޕެއް ކަމަށެވެ.

ބޭންކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި ސްކޮލަރޝިޕަކީ މާލީ ދާއިރާގައި ދިވެހި ތަޖުރިބާކާރުން ބިނާކޮށް، ޤާބިލުކަން އިތުރުކުރުމަށް ބޭންކުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބޭންކުން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތެވެ.

ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބޭ ބޭ ދަރިވަރުންނަށް ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ދަތުރުފަތުރުގެ ޚަރަދު ބޭންކުން ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް ކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.

މި ސްކޮލަރޝިޕް ފަންޑު މެދުވެރިކޮށް ބޭންކިންގ އަދި ފައިނޭންސް ދާއިރާއަށް ޤާބިލު ދިވެހި ޒުވާނުން އިތުރުވެ، މުސްތްތަޤުބަލުގައި މި ދާއިރާގެ ތަރައްޤީއަށް މުހިންމު ހިއްސާއެއް ކުރާނެ ކަމަށް އުންމީދު ކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު