އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމުން 70 އަށްވުރެްވުރެ ގިނަ ކުދިންނަށް ޢާއިލީ ވެށި ހޯދައިދެވިއްޖެ

"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމުން 70 އަށްވުރެްވުރެ ގިނަ ކުދިންނަށް ޢާއިލީ ވެށި ހޯދައިދެވިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމުގެ ދަށުން ަށުން 70 އަށްވުރެ ގިނަ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ފާހަގަކުރެވުނު ޤައުމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިންނަށް އާއިލީ ލޯބި ހޯދައިދިނުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ.

"2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 70 އަށްވުރެ ގިނަ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވޭ،" ޑރ. ޝިހާމް ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމަކީ ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިންނަށް ދާއިމީ އާއިލާއެއް ހޯދެންދެން، އެ ކުދިންނަށް އާއިލީ ލޯބީގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ކުއް ކުއްޖަކަށްމެ އާއިލީ މާހައުލެއްގައި ބޮޑުވުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި، މި ޕްރޮގްރާމުގެ ސަބަބުން ގިނަ ކުދިންތަކަކަށް އެ ފުރުޞަތު ލިބިގެންދާކަމަށެވެ.

ސަރުކާރުގެ މި މަސައްކަތަށް މުޖުތަމަޢުގެ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވަމުން، ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ޕްރޮގްރާމު އިތުރަށް ފުޅާކުރެވި، އިތުރު ކުދިންތަކަކަށް އާއިލީ ވެށި ހޯދައިދެވޭނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު