އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯލްޑިވްސް އެކްސްޕޯ 2025: ތަކެތި ބަލައިގަންނަން ފަށައިފި

މޯލްޑިވްސް އެކްސްޕޯ 2025: ތަކެތި ބަލައިގަންނަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ވާދަކުރުމުގެ ބައިން ހުށައަޅާފައިވާ ތަކެތި ބަލައިގަންނަން ފަށައިފިއެވެ. 

މިމަހު 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒުގައި މައިގަނޑު 15 ދާއިރާއަކުން 83 ގިންތިން ތަކެތި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މައުރަޒަށް ތަކެތި ބަލައިގަތުމުގެ ފުރަތަމަ މަރުހަލާގައި އަތްތެރި މަސައްކަތާއި އެހެނިހެން ބައިތަކުގެ އުފެއްދުންތައް ބަލައިގަންނަނީ މި މަހު 10 ވަނަ ދުވަހުން 13 ވަނަ ދުވަހާ ހަމައަށެވެ. 14 ވަނަ ދުވަހުން 15 ވަނަ ދުވަހަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ އެފެއްދުންތައް ބަލައި ގަންނައިރު 15 ވަނަ ދުވަހުން 17 ވަނަ ދުވަހާ ހަމައަށް ބަލައިގަންނަނީ ޓެކްނޮލޮޖީ އުފެއްދުންތަކާއި ކާބޯތަކެތީގެ އުފެއްދުންތަކެވެ. މި ތަކެތި ބަލައިގަންނަމުންދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ހުޅުމާލޭ ސެންޓަރަލް ޕާކުގައި ޖަހާފައިވާ ބޮޑު ޓެންޓުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މައުރަޒު އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)އާއި ގުޅިގެންނެވެ. 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު