އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޓެލްކޯއަށް ސްޕެއާ ޕާޓް ލިބުމަށް އެއްވެސް ދަތިކަމެއް ނެތް! ހިންގުމުގެ ޤާބިލުކަން އިތުރަށްވެސް އެބަހުރި! ކަސްޓަމަރުން ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް ނެތް!

ސްޓެލްކޯއަށް ސްޕެއާ ޕާޓް ލިބުމަށް އެއްވެސް ދަތިކަމެއް ނެތް! ހިންގުމުގެ ޤާބިލުކަން އިތުރަށްވެސް އެބަހުރި! ކަސްޓަމަރުން ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ސްޓެލްކޯގެ އިންޖީނުތައް މަރާމާތުކުރަން ބޭނުންވާ ސްޕެއާއަށް ބަލާއިރު ދިގުމުއްދަތަކަށް ބޭނުންކުރެވޭ ވަރަށް މިހާރުވެސް ސްޕެއާ އެބަހުއްޓެވެ. އަދި ހޯދަންޖެހޭ މިހާރުވެސް ގެންދަނީ ހޯދަމުންނެވެ. ލިބުމަކަށް އެއްވެސް ދަތިކަމެއް ނެތެވެ.

ސްޓެލްކޯގެ އިންޖީނުތައް މަރާމާތުކުރަނީ ގަޑި ހަމަވުމަކުން ނޫނެވެ. އެއިގެ ކުރިއަށް އޯވަރހޯލް ނުވަތަ މަރާމާތުކުރެއެވެ. 

ދާދި ފަހުން ސްޓެލްކޯގެ ޖެނެރޭޓަރަކަށް ކުރިމަތިވި މައްސަލައަށް ބަލާއިރު ސްޓެލްކޯއިން ވަނީ އެކަން ހިނގި ގޮތުގެ ތަފްޞީލްހާމަކޮށްފައެވެ. 

"28 އޭޕްރީލްގައި މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަމަށް ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފުން އެޓެންޑްވެ ވަނީ ނިއްވާލާފައި. އަދި މި ހާދިސާ ހިނގިތާ ދެދުވަހެއްތެރޭ އިންޖީނު މަރާމާތު ކުރެވި މިހާރުވެސް ދަނީ ބޭނުން ކުރަމުން.

އަދި ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓާރ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ މިކުންފުނީގައި ހުރި ކަމުގެ ޔަގީންކަން އަރުވަން.

އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން މިކުންފުނިން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަަސައްކަތްތަކެއް." ކަމަށެވެ. 

ސަރުކާރާ ސަރުކާރުގެ ކުންފުނިތަކުން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުވަމުން އަންނާތީ ރައްޔިތުންގެ ތަރުޙީބު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެކަން ޙަޖަމް ނުކުރެވޭ ބައަކު ތިބުމުން ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް އޮޅުވާލަން ފަތުރާ ދޮގު މައުލޫމާތު ތަކުގެ ޙަޤީޤަތް ސަރުކާރާއި ކުންފުނިތަކުން އަންނަނީ ހާމަކޮށްދެމުންނެވެ. 

އެގޮތުން ބަލާއިރު ދެފުށް ފެންނަ ގޮތަށް މަޢުލޫމާތު ދިނުމާއި ޙަޤީޤަތް ހާމަކުރުމުގައި ސްޓެލްކޯއިން މިހާރުވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު