އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ގދ. ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، 2 އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަށް ރޭވިފައިވާކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މި ކާރުޚާނާއަކީ ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ފެސިލިޓީއެކެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން ތިން ގުނައަށް އިތުރުކުރުމުގެ މަޤްޞަދުގައި ގދ. ފިޔޯރީގެ އިތުރުން ފ. ނިލަންދޫ އަދި ޅ. ފެލިވަރުގައިވެސް މަސްކިރާ ކާރުޚާނާތަކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ތިން ފެކްޓްރީގެ އީޕީސީ ކޮންޓްރެކްޓްގައި މިދިޔަ އެޕްރީލް 8 ވަނަ ދުވަހު ވަނީ ސޮއިކުރެވިފައެވެ.

މި މަޝްރޫޢުތަކަކީ ރައީސް ޑރ.މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ހަމަޖެހޭނެކަމަށް އެއްބަސްވެފައިވާ މަޝްރޫޢުތަކެކެވެ. މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި އަހަރަކު 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދުކުރެވޭނެ ކެޕޭސިޓީ ޤާއިމްވެގެންދާނެއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މިއީ ރާއްޖޭގެ މަހުގެ ވިޔަފާރި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅެވެ. މި މަޝްރޫޢުތައް ފެށުމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ގިނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު