އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤިއާ ބެހޭ ވުޒާރާއާއި މަމްސް އެއިޑްއާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ޚާއްސަ ސަޕޯޓް ގުރޫޕްތަކެއް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤިއާ ބެހޭ ވުޒާރާއާއި މަމްސް އެއިޑްއާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ޚާއްސަ ސަޕޯޓް ގުރޫޕްތަކެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުމާލޭ ފޭސް 2 ގައި ކުރިއަށް ގެންދިޔަ 'ޙާލު ކިހިނެއް؟' ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވުނު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ތެރެއިން ނަފްސާނީ އެހީތެރިކަމާއި، ބެލެނިވެރިކަމުގެ ހުނަރުތައް ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން 'ސަޕޯޓް ގްރޫޕްތައް' ހިންގަން ފަށައިފިއެވެ.

މަމްސް އެއިޑްއާއި ގުޅިގެން ކުރައަށް ގެންދާ މި ޕްރޮގްރާމްގެ އަމާޒަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން، މި ސަޕޯޓް ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަކު އަނެކަކަށް އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކުރުމާއި، އެކަކު އަނެކަކަށް ހިތްވަރުދިނުމާއި، ކުދިން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރު ހޯދާ ގޮތްތަކާއި، ކުދިން ބަލަހައްޓަމުން އަމިއްލަ ނަފްސަށް ވަގުތު ހޯދުމާއި، އަމިއްލަ ނަފްސު ބަލަހައްޓާނެ ގޮތްތައް ކިޔައިދިނުމާއި، އެފަދަ މަޢުލޫމާތުތައް ފޯރުކޮށްދިނުމެވެ.

މި 'ސަޕޯޓް ގްރޫޕް' ގެ ފުރަތަމަ ބެޗުވަނީ ރޭގައި ފަށައިގެން ކުރިއަށް ގެންގޮސްފައެވެ.

އެކި ބެޗްތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން، މި ސަޕޯޓް ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުޞަތު ލިބިގެންދާނެއެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު