އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު
ބިދޭސީންނަށް މުސާރަ ނުދީ ގިނަ ދުވަސްވުމުން ފިލައިގެންދާ މައްސަލަތަކަކީ ބިދޭސީންގެ މައްސަލައެއް ނޫންކަމަށާއި، އެއީ އެމީހުން ގެންގުޅޭ ފަރާތްތަކުގެ މައްސަލައެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ބިދޭސީން ފިލުމުގެ މައްސަލަތައް ބެލުމަށް ބޮޑު ޚަރަދެއް ހިނގާތީ، ޒިންމާދާރުކަމާއެކު މައްސަލަތައް ހުށައެޅުމަށް ބާރުއެޅުމުގެ ގޮތުން 1000 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖައްސާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ފީ ނެގުމަށްފަހު މިހާރު ލިބެމުންދަނީ ޒިންމާދާރު ރިޕޯޓުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައެއް ހާލަތްތަކުގައި ދެވޭ މުސާރައަށްވުރެ ބޮޑު މުސާރައެއް އެހެން ފަރާތަކުން ހުށައެޅުމުން ބިދޭސީން ފިލައިގެންދާކަމަށާއި، މިއީ ޙަޤީޤީ މައްސަލައެކެވެ. "ބިދޭސީންނާމެދު ފަރުވާކުޑަކުރާ ފަރާތްތަކުން ފިލައިގެންދާ މައްސަލަތައް ރިޕޯޓުކުރާ މިންވަރު މަދުވެފައިވޭ" ވަޒީރު ވިދާޅުވިއެވެ.
Advertisement
13 މެއި 2025