އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި މިސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ އެންމެ އިސް ފަރާތްތަކަށް: އިޙްސާން

މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި މިސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ އެންމެ އިސް ފަރާތްތަކަށް: އިޙްސާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މިސަރުކާރުން މަސްތުވާތަކެތީގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ އެންމެ އިސް ފަރާތްތަކަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގުމުގެ ބަދަލުގައި، މިހާރު އަމާޒު ހިފާފައިވަނީ މި ވިޔަފާރީގެ އެންމެ މަތީ ފަންތީގައި ތިބި ފަރާތްތަކަށެވެ.

މިގޮތުން ފުވައްމުލަކުގައި ހިންގުނު ޕައިލެޓް އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑު 2 މީހުން ވަނީ ހައްޔަރުކުރެވިފައިކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި "މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު މި ދައުރުގެ ތެރޭގައި މި މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ" ކަމުގެ އުންމީދު ވަޒީރު ފާޅުކުރެއްވިއެވެ.

ވަޒީރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައެވެ. މިއީ މަގުމަތީ އަގުން 1.4 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅުތެރެއަށް ބަނގުރާ އެތެރެވުން ހުއްޓުވުމަށް ހިންގުނު އޮޕަރޭޝަންތަކުން 9000 އަށްވުރެ ގިނަ ރާ ފުޅި ވެސް ވަނީ އަތުލައިގަނެވިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު