އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިޔަފަތި ދިގުކުރުމަކީ ގިނަ ސަބަބުތަކަކަށްޓަކައި ގެއްލުންހުރި ކަމެއް!

ނިޔަފަތި ދިގުކުރުމަކީ ގިނަ ސަބަބުތަކަކަށްޓަކައި ގެއްލުންހުރި ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 34 ސިކުންތު

ފުރަތަމަ ކަމަކީ ނުއެނގުމުގެ ތެރެއިން ތިމާއަށާއި އެހެން މީހުންނަށްވެސް އެކަމުން އެކިވަރުގެ އަނިޔާ ލިބޭ ކަމެވެ. ދެވަނަ ކަމަކީ ސާފުކުރަން އުނދަގޫވުމުގެ ސަބަބުން ނިޔަފަތީގެ ދަށުގައި ޖަރާސީމު ހަރުލައި އެކަމުން ޞިއްހީ ގެއްލުންތައް ލިބޭ ކަމެވެ. ތިންވަނަކަމަކީ ވުޟޫކުރާއިރު ވަރަށް ބޮޑަށް ސަމާލުކަން ނުދެވިއްޖެނަމަ އިނގިލީގެ އެބައިގައި ފެންނުޖެއްސޭކަމެކެވެ.

ނިކަން ވިސްނައިލަބަލާށެވެ! މައިންބަފައިން ނިޔަފަތި ދިގުކޮށްފައި ބަހައްޓާނަމަ އެމީހުންގެ ތުއްތުތުއްތު ދަރިންގެ ގައަށް އެބަހެރެއެވެ. ކުދިންނަށް އަނިޔާވެއެވެ. ލޯބިވާވަރު ބޮޑުކަމުން ގައިގައި ކޫރުމެއް އެޅިލަންވެސް ބޭނުންނުވާ ދަރިފުޅުގެ ގައިގައި އަމިއްލައަށް ވަކިއެޅުމުން ދެރަނުވާނީ ކާކު ހެއްޔެވެ؟ 

މިފަދަ ކަންކަމަށް ބެލިނަމަވެސް އެނގިގެންދަނީ ނިޔަފަތި ކަނޑަންޖެހޭ ކަމެވެ. ކެނޑުމުން ކުރާނެ ފައިދާ ބޮޑުކަމެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!   

ނިޔަފަތިކެނޑުމާބެހޭގޮތުން އެނގެންޖެހޭ ބައެއް ކަންކަން- 

ފުރަތަމަ: 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅަކުންވެސް އަދި ޢަމަލުފުޅަކުންވެސް އެކަލޭގެފާނު ނިޔަފަތި ކެނޑުމަށް ވަކި ދުވަހެއް ޚާއްޞަކުރެއްވި ކަމެއް އެނގޭކަށް ނެތެވެ.

ނިޔަފަތި ކެނޑުމާއި ބެހޭ ގޮތުން އިމާމް ސަޚާވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

ނިޔަފަތި ކަނޑާނެ ގޮތަކާއި ދުވަހަކާއި ބެހޭ ގޮތުން ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޘާބިތުވާނެ އެއްވެސްރިވާޔަތެއް ނެތެވެ.” (އަލްމަގާޞިދުލް ޙަސަނާ ޞ 422).

މި މައްސަލާގައި އައިސްފައިވާ ރިވާޔަތް ތަކަކީ ޟަޢީފު، މުންކަރު ނުވަތަ މައުޟޫޢު ޙަދީޘް ތަކެކެވެ. 

ދެވަނަ:

ބައެއް ޞަޙާބީންނާއި ތާބިޢީން ނިޔަފަތި ކެނޑުމަށް ހުކުރު ދުވަސް ޚާއްޞަ ކުރެއްވި ކަމުގައި ވާރިދުވެފައިވެއެވެ.

روى الإمام البيهقي بسنده فيالسنن الكبرى” (3/244) : عن نافع : أن عبد الله بن عمر كان يقلم أظفاره ويقص شاربه في كل جمعة .  

މާނައަކީ: އިމާމް ބައިހަގީ ރަޙިމަހުﷲ އެކަލޭގެފާނުގެ ސަނަދުންއައްސުނަނުލް ކުބްރާ” އޭ ކިޔުނު ފޮތުގެ 4/244 ގައި ލިޔުއްވާފައިވެއެވެ.އިމާމް ނާފިޢުގެ ކިބައިން ރިވާވެގެން ވެއެވެ. “ކޮންމެ ހުކުރު ދުވަހެއްގައިއިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ނިޔަފަތި ކަނޑުއްވާ މަތިމަސް ކޮށުއްވާ ކަމަށްވެއެވެ.”

وروى ابن أبي شيبة فيالمصنف” (2/65) : ” عن إبراهيم قال : ينقي الرجل أظفاره في كل جمعة 

މާނައަކީ: އިބްނު އަބީ ޝައިބާ “މުޞައްނަފް”ގެ 2/56 ގައި އިބްރާހީމް އައްނަޚަޢީގެ ފަރާތްޕުޅުން ރިވާކުރައްވާފައިވެއެވެ. "ކޮންމެ ހުކުރު ދުވަހެއްގައި އެކަލޭގެފާނުގެ ނިޔަފަތިކަނޑުއްވައެވެ." 

ونقل الحافظ ابن رجب فيفتح الباري” (5/359) : ” عن راشد بن سعد قال : ( كان أصحاب رسول الله صلى الله عليه وسلم يقولون : من اغتسل يوم الجمعة ، واستاك ، وقلم أظفاره ، فقد أوجب)  

މާނައަކީ: "ފަތްޙުލް ބާރީ”ގެ 5/359 ގައި ރާޝިދު ބިން ސަޢްދުގެ ކިބައިން ރިވާވެގެން ވެއެވެ.އެކަލޭގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެއަޞްޙާބުން ވިދާޅުވެ އުޅުއްވައެވެ. “ހުކުރު ދުވަހު ފެންވަރައި، ދަތްއުނގުޅާ، ނިޔަފަތި ކަނޑައިފި މީހާ އަށް ދަރުމަ ލިބުން ވާޖިބު ވެއްޖެއެވެ." 

ތިންވަނަ: 

މިބާބު ގައި ސަލަފުންގެ ކިބައިން ރިވާވެގެންވަތީވެ، ހުކުރުދުވަހު ނިޔަފަތި ކެނޑުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ޝާފިޢީ އަދިޙަންބަލީ މަޛްހަބުގެ ފިގްހުވެރިން ވިދާޅުވެއެވެ. 

އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ނިޔަފަތިކެނޑުމާއި އިސްތަށި ނައްތާލަން ޖެހޭ ތަންތަނުން ނައްތާލުމަށް އިމާމް ޝާފިޢީއާއި އެކަލޭގެފާނުގެ އަޞްޙާބުން ހުކުރު ދުވަސް ކަނޑަ އެޅުއްވިއެވެ." (އަލްމަޖްމޫޢު 1/340). 

އަލްޙާފިޡް އިބްނު ޙަޖަރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.ބުރާސްފަތި ދުވަހު ގައި ނިޔަފަތި ކެނޑުމަށްވެސް ޘާބިތު ނައްޞެއްނެތެވެ. 

ޖައްސަ ޖައްސައިގެން ހަތްބުދާގައި ނިޔަފަތި ކަނޑައިފިނަމަ ނޫރެއްލައްވާނެ ކަމަށް އެއްވެސް ޞައްޙަ ޙަދީޘަކުން ޘާބިތުވާކަށް ނެތެވެ.والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް