އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 28 ސިކުންތު
ޔޫސުފް ޢަލައިހިއްސަލާމް ކުރެއްވި ދުޢާ:
· ޔޫސުފް ސޫރަތުގެ 101 ވަނަ އާޔަތް
۞ رَبِّ قَدْ ءَاتَيْتَنِى مِنَ ٱلْمُلْكِ وَعَلَّمْتَنِى مِن تَأْوِيلِ ٱلْأَحَادِيثِ ۚ فَاطِرَ ٱلسَّمَٰوَٰتِ وَٱلْأَرْضِ أَنتَ وَلِىِّۦ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّٰلِحِينَ ﴿١٠١﴾ މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ مثال އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! (101)"
މިދުޢާއަށް ބަލައިފިނަމަ " އިސްވެދިޔަ مثال އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"
އެދިވަޑައިގެންފައިވަނީ ކޮންމެ މުސްލިމަކަށްވެސް އެންމެ ފައިދާކުރާނެ 3 ކަންތަކަށެވެ.
1 ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ.
2 مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ!
3 އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"
ވިސްނައިލާށެވެ! " ދުނިޔެއާއި، آخرة ގައި އެމީހެއްގެ އެހީތެރިއަކީ، ﷲ ތަޢާލާކަމުގައިވެ، صالح ންގެ ތެރެއިން އެމީހަކު ލައްވަވައި، އަދި مسلم އެއްގެ ގޮތުގައި އެމީހެއްގެ މަރުގަންނަވައިފި މީހަކަށް އެއޮތީ ހުރިހާ އުފާވެރިކަމެއް ލިބިފައެވެ. ކައްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ސަލާމަތްވެވި ސުވަރުގެ ލިބިފައެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
14 މެއި 2025