އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު
1 ދޮގުހަދާ މީހުން: ކުދިދޮގުހަދާ މީހުން ކިތަންމެ ބޮޑު ދޮގެއް ހަދަންވެސް ޖެހިލުމެއް ނުވާނެ
2 ވާހަކަ ހިފައިގެން ހިނގާ މީހުން: އެމީހުން އެހެން މީހުންގެ ޥާހަކަ ތިބާއަށް ގެނެސްދޭފަދައިން ތިބާގެ ވާހަކަ އެހެން މީހުންނަށްވެސް ގެންގޮސްދޭނެ
3 ވަޢުދުނުފުއްދާ މީހުން: އެމީހުން ދައްކާ އެއްވެސް ވާހަކައަކަށް އިތުބާރުކޮށްގެން ނުވާނެ
4 ކުށް ޤަބޫލުނުކުރާ މީހުން: އެމީހުންނާއި ގުޅުން ބާއްވައިގެން ލިބޭނީ ގެއލުމާ އަނިޔާ. އެމީހުން އެތިބެނީ ބޮޑާކަމާ ކިރުވެރިކަމުން ފުރިގެން
5 ހަސަދަލައިގެން އުޅޭ މީހުން: އެމީހުން ތިބޭނީ ތިބާއަށް ދެރައެއް ދެވޭނެ ފުރުޞަތަކަށް ބަލަބަލަ
6 ރުޅިގަދަ މީހުން: އެމީހުން ތިބާއަށް ބޮޑު ގެއްލުމެއް ދޭނީ ކޮންވަޤުތަކުކަމެއް ނުއެނގޭނެ
7 އަމިއްލަ އެދުމަށް ގުޅިގެން އުޅޭ މީހުން: އެމީހުންގެ ބޭނުން ނުފުދިއްޖެނަމަ ތިބާއާއި ވަކިވާނެ
މި 7 ބާވަތުންކުރެ އެއްވެސް ބާވަތެއްގެ މީހަކާއި ގުޅިގެން އުޅޭކަށް ނުވާނެއެވެ. މިސިފަތައް ހުންނަ މީހުންނާއި އެކުވެރިވެގެން އުޅުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ލިބޭނީ ގެއްލުމާއި ދެރައާއި ހިތާމައެވެ.
Advertisement
14 މެއި 2025