އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރި ގޮތުގައި މިދިޔަ އޭޕްރީލް މަހު ނުކުޅެދުންތެރިކަން ހުންނަ 14,024 މީހަކަށް ޖުމްލަ 50.2 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެންސްޕާއިން އިތުރަށް ހާމަކުރި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު ޖުމްލަ 14,188 މީހުން ހިމެނެއެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 4,700 ކުދިން ހިމެނޭއިރު، މިދިޔަ މަހު އަލަށް 103 މީހަކު ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ދޭން ފެށީ 2011 ވަނަ އަހަރުއެވެ. ނަމަވެސް 2023 ވަނަ އަހަރު މި އެލަވަންސް 3,000 ރުފިޔާއަށް އިތުރުކުރެވުނެވެ. މިއާއެކު، ސަރުކާރުން މިހާރު ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތާއި، އެފަރާތްތަކުގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި ބޭނުންތައް ދެނެގަތުމަށް ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
އެންސްޕާއިން ހިންގާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން ފާހަގަކުރެވުނު ގޮތުގައި، ނުކުޅެދުންތެރުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވަޒީފާގެ ފުރުސަތުތަކެވެ. މީގެ އިތުރުން، ވަސީލަތްތައް މަދުވުމާއެކު އެކަށީގެންވާ ތަޢުލީމީ ފުރުސަތުތައް ނުލިބުމަކީވެސް އެފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެކެވެ.
Advertisement
14 މެއި 2025