އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޑރ.މުޢިއްޒު ހޯއްދެވި އެންމެ ބޮޑު އެންމެ ފާހަގަކޮށްލެއްވޭ ކާމިޔާބަކީ ދިވެހިރާއްޖެ ނުދަރާ ސަލާމަތް ކުރެއްވުން: ވަޒީރު ސައީދު

ރައީސް ޑރ.މުޢިއްޒު ހޯއްދެވި އެންމެ ބޮޑު އެންމެ ފާހަގަކޮށްލެއްވޭ ކާމިޔާބަކީ ދިވެހިރާއްޖެ ނުދަރާ ސަލާމަތް ކުރެއްވުން: ވަޒީރު ސައީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ ދިވެހިރާއްޖެ ނުދަރާ ސަލާމަތްކުރެއްވުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އިދިކޮޅުން މަސައްކަތް ކުރަމުންދަނީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ހުރަސް އެޅުމަށް ކަމަށެވެ.

ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ޤައުމުގެ މާލީ ހާލަތު އޮތީ އަނދަވަޅެއްގައި ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ހަރުދަނާ ސިޔާސަތުތަކާއި މަސައްކަތްޕުޅުން އެ ހާލަތު ވަނީ ބަދަލުކުރައްވާފައި ކަމަށެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި އެންމެ ބޮޑު އެންމެ ފާހަގަކޮށްލެއްވޭ ކާމިޔާބަކީ ދިވެހިރާއްޖެ ނުދަރާ ސަލާމަތް ކުރެއްވުން. އެމްޑީޕީން ދިވެހިރާއްޖެ ވައްޓާލާފައި އޮތް ހާލަތުން، މާލީ ކާރިސާއަކާ ކުރިމަތިވެފައި އޮތް ހާލަތުން ޤައުމު ސަލާމަތްކުރެއްވުމަށްވުރެ ބޮޑު ކާމިޔާބީއެއް ނޯންނާނެ،" ވަޒީރު ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުގެ އެހެނިހެން ކާމިޔާބީތަކުގެ ތެރެއިން ބަންކަރިންގ ވިޔަފާރި ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި މި ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ފެބުރުއަރީ މަހުގެ ނިޔަލަށް ބަންކަރިންގ އިން 7.4 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު