އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އއ. މަތިވެރީގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމަށް ފުރުޞަތު ހުޅުވާލައިފި

އއ. މަތިވެރީގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމަށް ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

އއ. މަތިވެރީގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމަށް ނުވަތަ ފައިނޭންސްކުރުމަށް، މާލީ އަދި ފަންނީ ޤާބިލުކަން ހުރި ފަރާތްތަކަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ވުޒާރާއިން ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.

މި މަޝްރޫޢު ތަންފީޒުކުރެވޭނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން އިންވެސްޓަރަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެއެވެ. އަދި ކޮންޓްރެކްޓަރ ފައިނޭންސިންގ، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިންގ މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މަޝްރޫޢުގައި 1500 މީޓަރުގެ ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން، ފަސިންޖަރު ޓާމިނަލް، ފަޔަރ ސްޓޭޝަން އަދި އެހެނިހެން ޚިދުމަތްތައް ތަރައްޤީކުރުން ހިމެނެއެވެ. މިއީ އއ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް އައު ބާރެއް ލިބިގެންދާނެ މަޝްރޫޢުއެއް ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ ކަމެއް ކަމަށާއި، އެއަރޕޯޓު އެޅުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ފުރުޞަތުތަކެއް ހުޅުވި، އިޤްތިޞާދީ ނަފާ ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫޢު ފުރިހަމަވުމުން އއ. އަތޮޅުގެ ރަށްތަކަށާއި، ވ. އަތޮޅުގެ ރަށްތަކަށް ދަތުރުފަތުރު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު