އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިން އެދޭނަމަ އަންހެނުންގެ ގުނަވަންތަކުގެ ޞިއްޙަތު ރަނގަޅުކުރަން މަސައްކަތްކުރުން ހުއްދަތޯ؟

ފިރިން އެދޭނަމަ އަންހެނުންގެ ގުނަވަންތަކުގެ ޞިއްޙަތު ރަނގަޅުކުރަން މަސައްކަތްކުރުން ހުއްދަތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި އުރަމަތި ތަންކޮޅެއް ކުޑަ އަންހެނަކު ހުރެއެވެ. އޭނާގެ ފިރިމީހާ ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް ދައްކާ ވާހަކައިން ބައެއް ކަންކަން ފާހަގަކުރެވެއެވެ. އޭނާގެ ޝައުޤުވެރިކަން ހުންނަ ގޮތް އެނގެއެވެ. 

އަޅުގަނޑުގެ ސުވާލަކީ މިފަދަ ޙާލަތުގައި މިހާރު މިގެންގުޅޭ ކިރިމި ފަދަ އެއްޗެއް ބޭނުން ކުރުން ހުއްދަވާނެތޯއެވެ؟ 

މިއީ ބައެއް ކިޔުންތެރިން ސުވާލުކުރައްވާ ކަމެކެވެ. ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

ފިރިމީހާ އެދުމުގެމަތިން ފިރިމީހާ ހިތްހަމަޖެއްސުމުގެގޮތުން އަނބިމީހާގެ ވަނާތައް، ތަފާތުކްރީމްތައް ބޭނުންކޮށްގެން ބޮޑުކުރެވިދާނެތޯއެވެ؟

އެންމެ ރަނގަޅީ ބޭސް ބޭނުންކުރުމަށް ވުރެ މިދެކަމުގައިވެސް ބޭސް ބޭނުންނުކުރުމެވެ. އެހެންނަމަވެސް އުރަމަތި އާދަޔާއި ޚިލާފަށް ކުޑަކަމުގައި ވާނަމަ ފިރިމީހާގެ އެދުމުގެ މަތީން މިކަހަލަ ކަމެއް ކުރުމަކީ އެއްމެ ރަނގަޅުކަމެކެވެ. 

ދެން އެދުންވެރިކަން ފުރިހަމަޔަށް ނުއަންނަ ކަމުގައި ވަނީނަމަ އެކަމަށްވެސް ބޭސް ބޭނުން ކުރުމަކީ ހުއްދަކަމެކެވެ. އެހެންނަމަވެސް ބޭހަކީ އޭގައި ސައިޑްއިފެކްޓްސް" ހުންނަ އެއްޗަކަށް ވާތީ މިކަމުގައި ކަމާ ބެހޭ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. والله أعلم  

އިތުރު 2 ސުވާލާއި ޖަވާބު: 

އިސްތަށިފެއިބުން ހުއްޓުވުމަށް ނުވަތަ އިސްތަށި އަލުންފެޅުވުމަށް ކްރީމް ބޭނުންކުރެވިދާނެތޯ؟ 

ތިޔަކަންތަކުގައި ބޭނުން ކުރެވޭ ބޭހުގެ ސަބަބުން އިތުރުގެއްލުމެއް ނުވާނެނަމަ މައްސަލަ އެއް ނެތެވެ. والله أعلم  

ޟުޙާ ނާމަދުގެ ފުރުތަމަ ރަކުއަތުގައި 10 ފަހަރު ކުރުސި އަދި ފަހު ރަކުއަތުގައި 11 ފަހަރު އިޚްލާސް ސޫރަތް ކިޔެވުން އެއީ ސުންނަތުން ސާބިތުވާ ކަމެއްތޯއެވެ؟ 

ސުވާލުގައި ބަޔާން ކުރެވިގެންވާ ކަންތައްތަކަކީ ސުންނަތުން ޘާބިތުވާ ކަންތަކެއް ނޫނެވެ. والله أعلم  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް