އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް މިލަދުންމަޑުލު ދެކުނުބުރީ ލަންދޫގައި މިއަދު ފަށައިފިއެވެ. މި ރަށުގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.
މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އަދި އެ ރަށުގެ ކައުންސިލް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދެ ރަށުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސަރވިސް އޭޓީއެމްއެކެވެ.
މިއީ މިލަދުންމަޑުލު ދެކުނުބުރީގައި ބީއެމްއެލްއިން އޭޓީއެމް ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. މި އަތޮޅުގައި ލަންދޫ ހިމެނޭ ގޮތަށް 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.
ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމެވެ. މިހާތަނަށް ތިލަދުންމަތީ އުތުރުބުރި (ހއ. އަތޮޅު) އަދި ނިލަންދެ އަތޮޅު ދެކުނުބުރި (ދ. އަތޮޅު) ގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
މި ޚިދުމަތް ފެށުމުން، ލަންދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބި، އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
Advertisement
15 މެއި 2025