އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭޖީ އޮފީސް ސީއެސްސީގެ ދަށުން ވަކިކޮށް، ވަކި ޚިދުމަތެއްގެ ގޮތުގައި ހެދުމަށް މަޖިލީހުން ފާސްކޮށްފި

އޭޖީ އޮފީސް ސީއެސްސީގެ ދަށުން ވަކިކޮށް، ވަކި ޚިދުމަތެއްގެ ގޮތުގައި ހެދުމަށް މަޖިލީހުން ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

އެޓާނީ ޖެނެރަލްގެ އޮފީސް ސިވިލް ސަރވިސްގެ ދަށުން ވަކިކޮށް، ވަކި ޚިދުމަތެއްގެ ގޮތުގައި ހެދުމަށް ހުށަހެޅުނު ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްވެފައިވަނީ މަޖިލީހުގެ 64 މެންބަރުންގެ ވޯޓުންނެވެ.


މި ބިލަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލެކެވެ. މި ބިލު ފާސްވުމާއެކު، އެޓާނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބެހިގެންދާނެއެވެ. އެއީ ލީގަލް ސަރވިސް ބައި އަދި އެޑްމިނިސްޓްރޭޓިވް ސަރވިސް ބައެވެ.

ލީގަލް ސަރވިސް ބައިގައި ހިމެނޭނީ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާ ފަންނީ މުވައްޒަފުންނެވެ. އަދި އެޑްމިނިސްޓްރޭޓިވް ސަރވިސް ބައިގައި ހިމެނޭނީ އިދާރީ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފުންނެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ސިވިލް ސަރވިސްގެ ދަށުން ހިންގަމުންދާ އެޓާނީ ޖެނެރަލްގެ އޮފީހަށް ފަންނީ މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތަކާއި މުސާރައިގެ ކުރިއެރުން ލިބުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމެވެ. މިއީ ރައީސް ޑރ.މުއިޒްގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު