އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ފައިދާ ބެހުމަށް އެސްޑީއެފްސީ އިން ނިންމައިފި

ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ފައިދާ ބެހުމަށް އެސްޑީއެފްސީ އިން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

އެސްޑީއެފްސީގެ 6 ވަނަ އަހަރީ އާންމު ޖަލްސާގައި، އެ ކުންފުނީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ފައިދާ ބެހުމަށް ވަނީ ނިންމާފައެވެ. މިގޮތުން ހިއްސާއަކަށް 0.022 ރުފިޔާގެ މަގުން، ޖުމްލަ 2,525,923.80 ރުފިޔާ ބެހުމަށް ވަނީ ހިއްސާދާރުންގެ 100 އިންސައްތަ ވޯޓުން ފާސްކޮށްފައެވެ.

އެސްޑީއެފްސީން ބުނެފައިވާ ގޮތުގައި، 2024 ވަނަ އަހަރަކީ ކުންފުނީގެ ފާއިތުވި ފަސް އަހަރުގެ ތެރެއިން އެންމެ ކާމިޔާބު އަހަރެވެ. މި އަހަރު ކުންފުނީގެ ހިންގުމުގެ އާމްދަނީ 61.3 މިލިއަން ރުފިޔާއަށް އިތުރުވެ، ސާފު ފައިދާގެ ގޮތުގައި 45.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 21.7 މިލިއަން ރުފިޔާގެ ގެއްލުމާ އަޅާބަލާއިރު 308 އިންސައްތައިގެ ކުރިއެރުމެކެވެ.

2019 ވަނަ އަހަރު ޤާއިމްކުރެވުނު އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ހަމައެކަނި މާލީ އިދާރާއެވެ. ކުންފުނީގެ މާލީ ހިސާބުތަކަށް މި ފަދަ ހެޔޮ ބަދަލެއް އައިސްފައިވަނީ ފާއިތުވި އަހަރުތަކުގައި ކުންފުނީގެ މާލީ ހިސާބުތައް ބެލެހެއްޓުމާއި ހިންގުމުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުންކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.

މި ނިންމުމަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެސްޑީއެފްސީގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއްކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެއްކަމަށްވެސް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު