އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކޮށްފައި މިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އިސްކަންދަރު ބިލްޑިންގައި ބޭއްވި މި ބައްދަލުވުމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމާއި ހުޅުމާލޭގެ ރައްޔިތުންނަށް ފުލުހުންނާއި އެޗްޑީސީ ގުޅިގެން ފަސޭހަ އަދި ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެޗްޑީސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފައްޔާޟް މަންސޫރު، ޗީފް ޕްލޭނިންގ އޮފިސަރ އަޙްމަދު ޒިނާފް، އެކްޓިންގ ޑިވިޝަން ހެޑް (ކޮމާޝަލް) އަޙްމަދު އަސްލަމް، އަދި ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް އަޙްމަދު ރަބީޢުއެވެ.

ފުލުހުންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނުގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީއެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު