އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ނިންމައިފި

އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް މިރޭ ބޭއްވުނު އެ ކުންފުނީގެ އަހަރީ ޖަލްސާގައި ވަނީ ނިންމާފައެވެ. މި ނިންމުން ނިންމީ ހެންވޭރުކޮޅުގައި ހުންނަ ބާސެލޯ ނަސަންދުރާގައި ބޭއްވުނު 2024 ވަނަ އަހަރުގެ އަހަރީ ޖަލްސާގައި އާންމު ހިއްސާދާރުންގެ ވޯޓުންނެވެ.

މިއީ ވިދިވިދިގެން ދެވަނަ އަހަރަށް ވެސް ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ނިންމި ނިންމުމެކެވެ. އެސްޓީއޯގެ ތާރީޚުގައި މިއީ ރެކޯޑު އަދަދެކެވެ. މި ދެ އަހަރު ހިއްސާއަކަށް ބަހަން ނިންމި އަދަދަކީ އޭގެ ކުރީގެ 17 އަހަރުގެ ތެރޭގައި ހިއްސާއަކަށް ނުބަހާ ވަރުގެ މިންވަރެކެވެ.

އަހަރީ ޖަލްސާގައި ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، އެސްޓީއޯއަށް 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ވިޔަފާރި ހިންގައިގެން ލިބުނު ފައިދާ ވަނީ 1 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 741 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެއިތުރުން، މިރޭ ބޭއްވުނު ޖަލްސާގައި އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއްގެ ގޮތުގައި މުޙައްމަދު އަޙްސަން ސަލީމް ވަނީ ހޮވިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު