އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު
ޙައްޖު ކޯޓާގެ ރިޒާވް ޖާގައަކީ ސަރުކާރުގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ޖާގަތަކެއް ނޫންކަމަށް ޙައްޖު ކޯޕަރޭޝަނުން މިއަދު ވަނީ ސާފުކޮށްދީފައެވެ. މި ޖާގަތަކަކީ ޙައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ދަށުން ދޫކުރެވޭ ޖާގަތަކެއްކަން ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރިޒާވް ޖާގަތަކުގެ ތެރޭގައި 65 އަހަރުން މަތީގެ މީހުންނާއި އެމީހުންގެ އެހީތެރިންނަށް ޚާއްސަ ޖާގަތަކެއް ހިމެނެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ފަޤީރުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށާއި، ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކަށްވެސް ވަކި އަދަދެއްގެ ޖާގަތައް ވަނީ ކަނޑައެޅިފައެވެ.
ޙައްޖު މިޝަންގެ މެނޭޖްމަންޓާއި، ޙައްޖުވެރިންނަށް އެހީތެރިވާ ފަރާތްތަކަށްވެސް ރިޒާވް ޖާގައިގެ ތެރެއިން ޖާގަ ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން، އިދާރީ މުވައްޒަފުން، ކައްކާ އަދި އެހެނިހެން އެހީތެރިންވެސް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ ޙައްޖު ދަތުރުތަކުގެ ތަފްސީލު ދެފުށް ފެންނަ ގޮތަށް ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިކަމަކީ ޙައްޖު ދަތުރުތަކާ ގުޅޭގޮތުން ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެކެވެ.
Advertisement
19 މެއި 2025