އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު މިއަދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސީއީއޯ މުހައްމަދު ރިޝްވާން އަދި ސަރުކާރުގެ ފަރާތުން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ސޮއިކުރެއްވިއެވެ.

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ތިލަދުންމަތީ ދެކުނުބުރި، ތިލަދުންމަތީ އުތުރުބުރި، މިލަދުންމަޑުލު އުތުރުބުރި އަދި މިލަދުންމަޑުލު ދެކުނުބުރިއާއި ވަށައިގެންވާ ރަށްތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެ ލޮޖިސްޓިކަލް ހަބެއް ކުޅުދުއްފުށީގައި ތަރައްޤީކުރުމެވެ. މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕޯޓުގެ ކެޕޭސިޓީ އިތުރުކުރެވި، ކާގޯ ހޭންޑްލިންގ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެއެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވި ގޮތުގައި، މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލްކުރެވިގެން ދެމެހެއްޓެނިވި ގޮތެއްގައި މުދާ އުފުލޭނެ ނިޒާމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ނިޒާމެއްވެސް ޤާއިމުކުރެވޭނެއެވެ.

ސަރުކާރުގެ އަމާޒަކީ އަތޮޅުތެރެއަށް މުދާ އުފުލުމުގެ ހޭދަ ކުޑަކޮށް، އޭގެ މަންފާ މުޅި އިޤްތިޞާދަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މި މަޝްރޫޢުގެ ސަބަބުން އުތުރު ސަރަޙައްދުގެ ވިޔަފާރިތަކަށް ފަހިކަމާއެކު މުދާ އެތެރެކޮށް ބޭރުކުރުމުގެ ފުރުސަތު ލިބި، އެ ސަރަޙައްދުގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު