އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިއަދު މާގިރި ހޮޓަލުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.
މި ރަސްމިއްޔާތުގައި ހަތަރު ކެޓަގަރީއަކުން ޖުމްލަ 8 އެވޯޑް ދެވުނެވެ. އެވޯޑް ހާސިލްކުރެއްވި މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާނު އޮނަރަބަލް އާދަމް ޝަރީފާއި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލެވެ.
އެވޯޑް ލިބުނު ފަރާތްތައް:
އެމްޕްލޯއީ އޮފް ދަ އިޔަރގެ މަޤާމު ހާސިލުކުރެއްވީ އެޑްވޮކޭޓަރ ޝިފާ ޢަލީ މުރުތަޟާއެވެ. ގޯލްޑް ޕާފޯމާރސްގެ ގޮތުގައި މަރިޔަމް ފިތުރާ ފަޟީލް، ޝައުފާ ރަޝާދު އަދި ޙަސަން އިސްމާޢީލް ހޮވުނެވެ. އަދި ސިލްވަރ ޕާފޯމާރސްގެ ގޮތުގައި މަލްދާ ޙަމީދު، ޝަފާހު ދާއޫދު އަދި އަޙްމަދު ވިސާމް ހޮވުނެވެ. ޕާރފެކްޓް އެޓެންޑެންސްގެ އެވޯޑް ވެސް ޝިފާ ޢަލީ މުރުތަޟާ ހާސިލުކުރެއްވިއެވެ.
އެވޯޑް ލިބުނު ފަރާތްތަކަށް އުރީދޫ މޯލްޑިވްސް، ނައިޑް ލިވިންގ އަދި ޖިމް އެކްސްގެ ފަރާތުން ޚާއްޞަ ހަދިޔާތަކެއް ހުށަހެޅުނެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެމްޕްލޯއީ ޕާފޯމެންސް އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުން މަސައްކަތަށް ޝައުޤުވެރިކުރުވުމާއި، ވަޒީފާގައި ދެމިތިބުމަށް ހިތްވަރުދިނުމާއި، މަސައްކަތުގެ ފެންވަރާއި ހަލުވިމިން އިތުރުކުރުމާއި، ރަނގަޅު އަޚްލާޤެއްގެ މަތީ ދެމިތިބުމަށް ބާރުއެޅުމެވެ.
Advertisement
20 މެއި 2025