އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ މުދަލާއި ދިރިއުޅުމުގެ ފެންވަރު އަދި ރިޒްޤު ދަށްވާ 10 ސަބަބު - ބިލާލް އައްސަދް

ތިބާގެ މުދަލާއި ދިރިއުޅުމުގެ ފެންވަރު އަދި ރިޒްޤު ދަށްވާ 10 ސަބަބު - ބިލާލް އައްސަދް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 38 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ޢުލަމާއިން (އިސްލާމީ ޢިލްމުވެރިން) ތިބާގެ މުދަލާއި ދިރިއުޅުމުގެ ފެންވަރު އަދި ރިޒްޤު ދަށްވާ   ސަބަބުތައް ޚުލާޞާކޮށްފައިވެއެވެ. 

ނަންބަރު 1: މީހެއްގެ ރިޒްޤާއި ދިރިއުޅުމުގެ ފެންވަރު ދަށްވަނީ އެމީހަކު ފަރުވާކުޑަ އަދި އެހެން މީހުންގެ މައްޗަށް ބަރޯސާވާ މީހަކަށްވުމުންނެވެ. "ރިޒްޤު އަންނާނެއޭ" ކިޔައިގެން ފަރުވާކުޑަކޮށް އެހެން މީހުންގެ މައްޗަށް ބަރޯސާވެ އުޅޭ މީހާގެ ރިޒްޤާއި ދިރިއުޅުމުގެ ފެންވަރު ދަށްވާނެއެވެ. 

ނަންބަރު 2: އިސްރާފާއި ތަބްޒީރު. އޭގެ މާނައަކީ ބޭކާރު ޚަރަދުކުރުމާއި، ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. 

އެހެންކަމުން، ތިބާއަށް ގިނަ މުދާ ލިބިފައިވާނަމަ އަދި ތިބާއަށް އިތުރު ގިނަ ތަކެތި ގަތުމުގެ ކުޅަދާނަކަން ލިބިފައިވާނަމަ، އެކަން ކުރެވިދާނެއެވެ. އެހެނަސް ތިބާގެ މުދާ މަދުނަމަ އަދި މުއްސަނދި މީހަކު އެއްޗެހި ގަންނަ ފަދައިން އެއްޗެހި ގަންނަން ބޭނުންވާނަމަ، އެއީ އިސްރާފެވެ. ތިބާ އެ ހާލަތުގައި ބޭކާރު ޚަރަދުކުރަނީއެވެ. 

އެހެންކަމުން، ބޭކާރު ޚަރަދުކުރުމަކީ ތިބާއަށް "އެފޯޑްކުރެވޭ"މިންވަރަކާ ގުޅިފައިވާ ކަމެކެވެ.

ތިބާގެ ފައިސާ ބޭކާރުކުރުމަކީ ޙަރާމް ކަންތަކަށް ޚަރަދުކުރުމެވެ.

ޙަރާމް ކަންތަކަށް ޚަރަދުކުރުމަށް ކިޔަނީ ތަބްޒީރެވެ. 

ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ:

إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ

މާނައަކީ"ހަމަކަށަވަރުން އިސްރާފުކުރާ މީހުންނަކީ ޝައިޠާނުންގެ އަޚުންނެވެ."

"އަދި އިސްރާފުކުރާ މީހުން، އެބަހީ ތިބާގެ ކުޅަދާނަކަމަށްވުރެ އިތުރަށް ހޭދަކުރާ މީހުންނާ މެދު ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އަންޢާމް ސޫރަތުގެ 141 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ ﴿١٤١﴾‏

މާނައީ: އެހެނީ ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ. (141) 

އަދި 3 ވަނަ ކަމަކަށް ތަކުރާރުކޮށް ފާފަކުރުމާއި އެ ފާފަތައް އެއްވެގެން ގިނަވުމެވެ. މިކަމުގެ ސަބަބުން ތިބާގެ ރިޒުޤަށާއި ދިރިއުޅުމުގެ ފެންވަރަށް އަސަރުކުރެއެވެ.

ނަންބަރު 4

ޝުކުރުވެރިނުވުމާއި ޝަކުވާކުރުމެވެ. އޭގެ ތެރޭގައި ﷲ އަށް ޝުކުރުކުރުމުގެ ބަދަލުގައި އެހެން މީހުންނަށް ޝުކުރުކުރުން ވެސް ހިމެނެއެވެ. 

ނަންބަރު 5

ދަހިވެތިކަން: 

އެގޮތުން ތިބާ އަމިއްލަ ނަފްސަށް ދަހިވެތިވުމާއި، ތިބާގެ އާއިލާއަށް ދަހިވެތިވުމާއި، އެހެން މީހުންނަށް ދަހިވެތިވުން ހިމެނެއެވެ.  

ދަހިވެތިކަމުގެ މާނައަކީ ކޮބައިތޯ؟

އޭގެ މާނައަކީ ތިބާ އަމިއްލަ ނަފްސަށް އެންމެ ކުޑަމިނުން ދޭންޖެހޭ ޙައްޤުތައްވެސް ނުދިނުމާއި، ތިބާގެ އާއިލާއަށް އެންމެ ކުޑަމިނުން ދޭންޖެހޭ ޙައްޤުތައްވެސް ނުދިނުމާއި، އަދި ތިބާގެ މުދަލުން އެހެން މީހުންނަށް ދޭންޖެހޭ ޙައްޤުތައް ނުދިނުމެވެ. 

މިކަންކަން ނުކުރާނަމަ އޭގެ މާނައަކީ ތިބާއަކީ ދަހިވެތި މީހެކެވެ.

ތިބާ އެމީހުންނަށް ދޭންޖެހޭ ޙައްޤުތަކަށްވުރެ އިތުރަށް ދީފިނަމަ، އޭރުން ތިބާ ދީލަތިވުމުގެ ދަތުރުގައި ފަށައިގަތް ކަމުގައި ބެލެވޭނެއެވެ.

ނަމަވެސް އަޅުގަނޑަށް އެނގޭ ގޮތުގައި މިސާލަކަށް ރެސްޓޯރަންޓަކަށް ކާން ގޮވައިގެން ނުދިޔައީތީ ބައެއް މީހުން އެ މީހާއަކީ ދަހިވެތި ބައެއް ކަމަށް ހިތަށްއަރާފާނެއެވެ.  

އެހެންނަމަވެސް އެއީ ތިބާއަކީ ދަހިވެތި މީހެއްކަން ދޭހަކޮށްދޭ ކަމެއް ނޫނެވެ. އޭގެ މާނައަކީ ހަމައެކަނި ތިބާގެ މުދާ ބެލެހެއްޓުމަށް މަސައްކަތްކުރާކަމެވެ. 

އެހެންނަމަވެސް ދަހިވެތިވުމުގެ މާނައަކީ ކާނާއާއި، ހެދުމާއި، ހިޔާވަހިކަމާއި، ދިރިއުޅުމުގެ ބޭނުންތަކަށް ދަހިވެތިވުމެވެ. ތިބާއަށް އެނގޭނެ ފަދައިން މީހަކު ދިރިއުޅުމަށް ބޭނުންވާ އެންމެ މަދު މިންވަރަށް ދަހިވެތިވުމެވެ. 

ނަންބަރު 6

ހުވަފެންތަކާއި ޚުރާފާތީ ޢަޤީދާތަކަށް ބަރޯސާވުން:

މިކަންކަމުން ތިބާގެ މުދާ މަދުވެގެންދެއެވެ.

އަދި އެފަދަ މީހުން ނަފްސާނީގޮތުން މޮޔަވެގެންދެއެވެ

އެމީހުން އެމީހުންގެ މުދަލާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ޚުރާފާތީ ޢަޤީދާތަކަށާއި، ހުވަފެންފެނުމަށާއި، ނުބައި ފާލަށަށާއި، އަދި ނިޝާންތަކަށް ބަރޯސާވެއެވެ.  

ނަންބަރު 7

ޒަކާތް ދިނުން ދޫކޮށްލުން

ޒަކާތުން މުދާ ޠާހިރުވެއެވެ. އަދި އެއީ ތިބާ މަސައްކަތް ކުރާއިރު ތިބާގެ މުދަލުގެ ތެރެއަށް ޙަރާމް މުދަލެއް ވަދެދާނެއެވެ.

ކުޑަ އިންސައްތައެއް ކަމުގައި ވިޔަސް އަދި އެކަމުން ސަލާމަތްވުމަށް ތިބާއަށް ނުކުޅެދުނު ކަމުގައި ވިޔަސް، ޒަކާތުން ތިބާގެ މުދާ ޠާހިރުވެއެވެ.

އެހެން ނޫންނަމަ، ތިބާގެ މުދަލަކީ ބަރަކާތްތެރި މުދަލަކަށް ނުވާނެއެވެ. އަދި އެއަކު ބަރަކާތެއްވެސް ނުހުންނާނެއެވެ. 

ނަންބަރު 8

ތިބާގެ މައްޗަށް ވާޖިބުވެގެންވާ ފަރުޟުތައް ދޫކޮށްލުން

މިއީ ﷲ ތަޢާލާ ކުރުމަށް އަމުރުކުރެއްވި ކަންތައްތަކެވެ. މިކަންތައްތައް ދޫކޮށްލުމުން ރިޒުޤު މަދުވެ، ދިރިއުޅުމުގެ ފެންވަރު ދަށްވެއެވެ. 

ނަންބަރު 9

ފަރުވާކުޑަކޮށް ޙަރާމް އާމްދަނީ ހޯދުން:

ތިބާ އާމްދަނީ ލިބޭ ގޮތަކާމެދު ނުބަލައެވެ. މިކަމުން ސަލާމަތްވުމަށް ނުކުޅެދޭ މީހުންވެސް ތިބެއެވެ.

ﷲ ވާހަކަ ދައްކަވަނީ އެމީހުންނާ ބެހޭގޮތުން ނޫނެވެ. އެކަލާނގެ ވާހަކަ ދައްކަވަނީ އެކަމާމެދު ފަރުވާކުޑަކުރާ މީހުންނާ ބެހޭގޮތުންނެވެ.

"އަހަރެންނަށް ޙަރާމް ގޮތުން ލިބުނަސް މައްސަލައެއް ނެތޭ" މިފަދައިން ބުނާ މީހުންނާ ބެހޭގޮތުންނެވެ. 

ނަންބަރު 10

ޢާއިލީ ގުޅުންތައް ނައްތާލުން

އެގުޅުންތައް ނައްތާލުމަކީ، އަހަރެމެން ކުރިން ވާހަކަދެއްކި ފަދައިން، ތިބާގެ ބާރުގެ ބޭރުގައިވާ ކަމެކެވެ. ނަމަވެސް ތިބާ އަމިއްލައަށް އެގުޅުންތައް ނައްތާލަން ބޭނުންވެގެން ނައްތާލުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް