އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު
ﷲ ތަޢާލާ މީހަކު ދެކެ ލޯބިވެވޮޑިގަންނަވާކަން އެނގޭނެ ގޮތްތަކުގެ ތެރެއިން ނުވަތަ ކަންކަމުގެ ތެރެއިން އެއްކަމަކީ އެމީހަކަށް ހިތްދަތިކަން ކުރިމަތިވުން ގިނަވުމެވެ. އަދި ތަކްލީފްތައް އުފުލަންޖެހުން ގިނަވުމެވެ.
އެހެންނަމަވެސް ގިނަ މީހުންނަށް މިވާގޮތަކީ ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް ތަކްލީފެއް އުފުލަން ޖެހުނަސް ކަންބޮޑުވެގެން ނުވާނެ މިންވަރަށް ކަންބޮޑުވެވުމެވެ. ޚާއްޞަކޮށް ހިތްދަތިކަމުގައި ނުވަތަ ތަކްލީފް އުފުލަންޖެހި ގިނަ ދުވަސްތަކެއްވަންދެން އުޅެންޖެހޭނަމަ މާބޮޑަށް ކަންބޮޑުވުމެވެ.
އެއިރުން އެވާގޮތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުމުން އެކަމަށް ދެކޮޅުހެދެނީއެވެ. އެކަމަށް ފުރަގަސްދެވެނީއެވެ. އެއީ ކޮންމެ މީހަކަށް ނަމަވެސް ކުރެވޭނެ އެންމެ ބޮޑު ކުށެވެ.
ޒަވާޖީ ހަޔާތުގައި މައްސަލަ ޖެހި ކައިވެނި ރޫޅި އެކަނިވެރިވުމުން ކެތްތެރިކަން ކޮޅުންލައި ނުބައި މަގުތަކުން ކުރިއަށްދާން ފަށާ މީހުންގެ ވާހަކަ ޚާއްޞަ ގޮތަކަށް ފާހަގަކޮށްލާނަމެވެ. އެޙާލަތުގައި ޘާބިތުވެ ކެތްތެރިވާން މަސައްކަތްކުރާށެވެ. އެއީ ބޭނުންހައި ގޮތަކަށް އުޅެންފަށަން ލިބުނު މިނިވަންކަންކަމަށް ޤަބޫލުކޮށް ޝައިޠޯނާ ދައްކާ މަގުން ކުރިއަށް ނުދާށެވެ! މިއީވެސް ލެއްވެވި ރަހްމަތެއް ކަމާއި މާއުފާވެރި ދިރިއުޅުމެއް ﷲ ތަޢާލާ ދެއްވަވާނެކަން ޔަޤީންކުރާށެވެ! އަދި އެކަމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުން ގިނަކުރާށެވެ! އެމީހަކަށް މާއުފާވެރި ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
31 މެއި 2025