އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބްރާހީމްގެފާނުގެ މަޤާމްފުޅުން ފެންނަނީ ކޮން އެއްޗެއްތަ؟ ބަލަން ކޮންމެ ދުވަހަކު އެތައް މިލިއަން މީހުން ކުރާ މަސައްކަތުގަ ޙާޞިލްކުރަންޖެހޭ ޢިބްރަތް-: ޝައިޚް އަބޫބަކުރު ޒައުދު

އިބްރާހީމްގެފާނުގެ މަޤާމްފުޅުން ފެންނަނީ ކޮން އެއްޗެއްތަ؟ ބަލަން ކޮންމެ ދުވަހަކު އެތައް މިލިއަން މީހުން ކުރާ މަސައްކަތުގަ ޙާޞިލްކުރަންޖެހޭ ޢިބްރަތް-: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ޙައްޖަށް ދިއަޔަސް ޢުމްރާވިޔަސް ކޮންމެ މީހަކުވެސް އިބްރާހީމްގެފާނުގެ މަޤާމްފުޅުގެ އެތެރޭގައިވާ އެއްޗެއް ދުށުމަށް މަސައްކަތްކުރެއެވެ. އެއީ އެކަން ކުރަން އޮތް ގޮތް ނޫންނަމަވެސް ގަދަބާރު ދައްކައިގެންވެސް އެންމެ ގާތަށްދާން ކޮންމެ ދުވަހަކުވެސް އެތައް މިލިއަން މީހުން މަސައްކަތްކުރެއެވެ. 

ސުވާލަކީ އެތަނުން ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟ އެތަނުން މިއަދު ފެންނަނީ އިބްރާހީމްގެފާނުގެ ފިޔަވަޅުފުޅުގެ އެންމެ 20 އިންސައްތައެވެ. ޠަވާފް ކުރުމަށްފަހު އިބްރާހީމްގެފާނުގެ މަޤާމްފުޅުގައި ހުރެގެން 2 ރަކްއަތް ނަމާދެއްކުރަން އެންމެންވެސް މަސައްކަތްކުރެއެވެ. 

ދެން އޮތް ސުވާލަކީ އެކަންކަމުން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ކޮބައިހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތެވެ. އިބްރާހީމްގެފާނުގެ ސިޔަރަތާއި ގުޅިފައިވަނީ ހަމައެކަނި ގެފުޅު ބިނާކުރެއްވެވުމެއް ނޫނެވެ. އިބްރާހީމްގެފާނަށް ﷲ ތަޢާލާ ކުރިމަތިފުޅުކުރެއްވެވި އަދައާ ޚިލާފަށް ބޮޑެތި އިމްތިޙާނުގެ މަތިންވެސް ހަނދާންކުރަންޖެހެއެވެ. ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ބޮޑުބައެއް ގުޅިފައިވަނީ އެކަންކަމާއިއެވެ. 

އެއްވެސް މީހަކު ނެތް، ސަޙަރާގެ ހުސް ބިމަކަށް އަނބިކަނބަލުންނާއި ދޫކުރައްވަވައި ވަޑައިގަތުމެވެ. ދަރިކަލުންނަށް ދެއްވަވާނެ ފެންފޮދެއް ހޯއްދަވަން އަނބިކަނބަލުން ދުވަވަޑައިގެންނެވި ދުވަވަޑައިގަތުމެވެ. ﷲ ތަޢާލާގެ އަމުރުފުޅު ލިބިވަޑައިގެންނެވި ހިނދު ދަރިކަލުން އިސްމާޢީލްގެފާނު ޤުރްބާންކުރައްވަވަން ފަސްޖެހިވަދައިނުގެންނެވި ކަމެވެ. މިހެން ގޮސް އެތައް ކަމެކެވެ. 

މީސްތަކުންނޭވެ! އެންމެންނަށް ޙައްޖަށް ނުވަތަ ޢުމްރާއަށް ނުދެވިދާނެއެވެ. ނަމަވެސް ކުރެވޭނެ ކަންކަން އެބަހުއްޓެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑަށް އަހުރެން ފާހަގަކުރާނީ އިބްރާހީމްގެފާނު ފަދައިން ޝިރުކާއި ދެކޮޅަށް ތެދުވެ މަސައްކަތްކުރުމެވެ. ދުނިޔެއިން ކިތަންމެ ބޮޑު ފައިދާއެއް ލިބެން އޮތަސް ޝިރުކަކަށްވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ! އަދި ޝިރުކުކުރުމާއި މީސްތަކުން ދުރުކުރުވަން އެމީހަކަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއްވެސް ކުރަމުން ގެންދާށެވެ! އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް