އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާއިން ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާއިން ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ޗައިނާ އެމްބަސީގެ ފަރާތުން ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކުރައްވައިފިއެވެ.

ހެންވޭރު ބޯޅަ ގޭގައި އޮތް ހާއްސަ ރަސްމިއްޔާތުގައި މި ކުޅިވަރު ސާމާނާ ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ޗައިނާގެ ފަރާތުން ސާމާނު ހަވާލުކޮށްދެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޝިންހުއާއެވެ.

މިއަދު ހަދިޔާކުރެއްވި ކުޅިވަރު ސާމާނުގެ ތެރޭގައި ހިމެނެނީ 400 ފުޓްބޯޅަ އާއި އެތުލެޓިކްސްގައި ބޭނުންކުރާ 60 ސްޓާޓިން ބްލޮކް އާއި 60 ހާޑަލްސްގެ އިތުރުން 1500 ޓޭބަލް ޓެނިސް ބޯޅަ އާއި 300 ރެކެޓާއި، 60 ޓީޓީ މޭޒުގެ އިތުރުން ސްކޯ ބޯޑުތަކާއި ޖަޖުންގެ ގޮނޑިތަކެވެ.

ޗައިނާ އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ގިނަ އެހީތަކެއްވަމުން އަންނަ ގައުމެކެވެ. މިގޮތުން ކުޅިވަރު ސާމާނު ހަދިޔާކުރުމާއި، ދިވެހި އެތުލީޓުންނާއި ޓީމްތަކަށް ތަމްރީން ހެދުމުގެ ގިނަ ފުރުސަތުތަކެއް މީގެ ކުރިން ޗައިނާއިން ވަނީ ފަހިކޮށްދެއްވާފައެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު