އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މޮޅު ޑޮކްޓަރުންނަށް ގޮތްހުސްވެ އެމަރުވަނީކަމަށް ނިންމި ވަޤުތު މަސައްކަތު އަންހެނަކު ކުރި ދުޢާއިން ތަނަވަސް މީހަކަށް ޝިފާލިބުނު ގޮތުގެ ވާހަކަ-

އެންމެ މޮޅު ޑޮކްޓަރުންނަށް ގޮތްހުސްވެ އެމަރުވަނީކަމަށް ނިންމި ވަޤުތު މަސައްކަތު އަންހެނަކު ކުރި ދުޢާއިން ތަނަވަސް މީހަކަށް ޝިފާލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ސިޓީގެ އެންމެ ތަނަވަސް އެކަކު ގޮތް ނުއެނގޭ ބައްޔެއްގައި މަރާއި ހަނގުރާމަކުރަނީއެވެ. ސިޓީގެ އެންމެ މަޝްހޫރު ޑޮކްޓަރުންނާއި ބޭރުން ގެނެވިފައި ތިބި ޑޮކްޓަރުންގެ ޓީމަށްވެސް ކުރެވުނު އޮތް ކަމެއް ނެތެވެ. ވިންދު ލަސްވަމުންދަނީއެވެ. މަތިކުރަން ދެވެންހުރި ހުރިހާ ފަރުވާއެއް ދިނުމުންވެސް އެއްވެސް އަސަރެއް ކުރާތަން ނުފެންނާތީ އެންމެ ފަހު ހިނދުކޮޅުކަމަށް ބަލައިގެން އެންމެންވެސް ގައުވެފައި ބަލަންތިބީއެވެ.

އެއިރު ކޮޓަރި ސާފުކުރުމުގެ މަސައްކަތުގައި އުޅުނު އަންހެނަކު ބަލިމީހާއާއި ކައިރިވެލިއެވެ. ކަނައަތް ބަލިމީހާގެ މޭމަތީގައި ބާއްވާލައިގެން އިރުކޮޅަކު ހުރުމަށްފަހު ޤިބްލައަށް ކުރިމަތިލައި ދެއަތް އުފުލައިލިއެވެ. އެހެން ހުރެ ސިއްރުން އެއްޗެތިތަކެއް ކިޔާތަން ފެނުނެވެ. (ދުޢާކުރީއެވެ.) 

ދުޢާކުރުމުގައި 5 މިނިޓްއިރު ވީފަހުން އެންމެން ދިއައީ ސިއްސައިގެންނެވެ. ވިންދު މަތިވަމުން އަންނަތަން ބަލިމީހާ އާއި ގުޅާފައިވާ މޮނިޓަރުތަކުން ފެންނަން ފެށުމުންނެވެ. މަޑުމަޑުން މަތިވަމުން ގޮސް 20 ވަރަކަށް މިނިޓް ތެރޭގައި ހަމައަކަށް އެޅިއްޖެއެވެ. އެއިރު އެއަންހެން މީހާ ވަނީ ކޮޓަރިން ނުކުމެގެން ގޮސްފައެވެ. ޖެހިގެން ހުރި ކޮޓަރި ސާފުކުރުމަށެވެ. 

އެމީހުން އެއަންހެންމީހާ އަނބުރާ އެކޮޓަރިއަށް ގެނުވިއެވެ. އަދި އޭނާގެ ވަނަވަޜާއި ބެހޭ ގޮތުން ސުވާލުކުރުމުން ކިޔައިދިނެވެ. "އަހުރެންގެ މައިންބަފައިންނަކީ މުސްލިމުންނެވެ. އަހުރެންނަކީވެސް މުސްލިމެކެވެ. އަހުރެމެންނަކީ ވަރަށް ނިކަމެތި ބައެކެވެ. އަހުރެމެން އެފަރާތަކަށް އީމާންވެެގްނ މިތިބަ ފަރާތް، މާތް ﷲ އަންގަވާފައިވަނީ ކޮންމެ ކަމެއް ޖެހުނަސް އެކަލާނގެއަށް ދުޢާކުރުމަށެވެ. އެހެންވެ އަހުރެން ކުރިކަމަކީ އެއީއެވެ. އެކަމުން ރަޙްމަތެއް ލެއްވެވިނަމަ އެއީ އަހުރެންގެ މޮޅުކަމަކުން ނޫނެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަން ބޮޑުކަމެވެ." 

އެހެން ބުނެފައި ބުނެފައި އެނބުރި މަސައްކަތަށްދާން އުޅުމުން އޭނާ ހުއްޓުވިއެވެ. އަދި އެކޮޓަރިން ނުނުކުމެ ބަލިމިހާގެ ގާތުގައި އިނދެދިނުމަށް ބުންޏެވެ. 

އެއިގެ 10 ދުވަސްފަހުން ބަލިމީހާ ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ދިއައީ އޭނާވެސް ގޮވައިގެންނެވެ. ގެއަށް ދެވުމުން ބުނީ އެގޭގައި މަޑުކޮށްދިނުމަށެވެ. ކުރިން ލިބުނު މުސާރައަށްވުރެ މާބޮޑު މުސާރައެއް ދޭނެކަމަށެވެ. 

3 މަސް ފަހެވެ. ބޮޑު ރަސްމިއްޔާތެއް ބާއްވައި ޒުވާނާ އާއި ދެމީހުންގެ ކައިވެނި ކުރެވުނެވެ. ޢުމުރަށް ދެމީހުންނަށް އެކުގައި އުޅެވޭނެ ގޮތް ހަމަޖެހުނެވެ. 

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަންވީގޮތުގެ ކުރު ޚުލާޞާއެކެވެ. ކޮންމެ މީހަކު ކުރާ ކޮންމެ ދުޢާއެއް ވަޤުތުން ޢިޖާބަ ނުކުރެއްވެވުމަކީ ކަންބޮޑުވާންޖެހޭ ސަބަބެއް ނޫނެވެ. އަދި އެއީ ދުޢާކުރަން ފަސްޖެހެންވީ ސަބަބެއްވެސް ނޫނެވެ. އަޅުގަނޑުމެންނަށް އޮތީ އިޚްލާޞްތެރިކަމާއިއެކު ދުޢާކޮށް މާތް ﷲ ގެ ޙަޟްރަތަށް ވަކީލުކުރުންކަން މިޙާށދިށާއިންވެސް އެނގިގެންދެއެވެ. 

- މާހިރު / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް