އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން އެންމެ މަތީ ވަނަތައް ހާޞިލުކުރި ފަރާތްތަކަށް އިނާމް ދީފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން އެންމެ މަތީ ވަނަތައް ހާޞިލުކުރި ފަރާތްތަކަށް އިނާމް ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވެ ވަނަތައް ޙާސިލް ކުރެއްވި ފަރާތްތަކަށް އިނާމް ދެއްވައިފިއެވެ.

ސޯޝަލް ސެންޓަރގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވަނީ އެކި ދާއިރާތަކުން 1 ވަނަ ޙާސިލުކުރެއްވި ފަރާތްތަކަށާއި، މުޅި މަޢުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފައެވެ. އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވަޒީރުން ވަނީ އެކި ގިންތި ތަކުން ވަނަތައް ޙާސިލްކުރެއްވި ފަރާތްތަކަށް އިނާމް ހަވާލު ކޮށްދެއްވައިފައެވެ. 

އެގޮތުން މި މައުރަޒުގައި ރަން ވަނަ (މުޅި މަޢުރަޒުން އެންމެ މަތިން މަރކްސް ލިބުނު 5 އުފެއްދުން) ޙާޞިލްކުރެއްވި ފަރާތްތަކަކީ;

1.  ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ

2.  އަބުޑީ މޯލްޑިވްސް

3.  މޯލްޑިވްސް ޕޮލިޓެކްނިކް

4.  މުޙައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ

5.⁠ ⁠ޢަލީ މާހިރު 

އަދި އެކި ދާއިރާތަކުން 1 ވަނަ ޙާޞިލްކުރެއްވި ބައިވެރިންގެ ތެރޭގައި ހިމެނެނީ;

1.  އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ، ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ

2.  ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާ

3.  ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

4.  ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ، ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް

5.  ތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން 1 ވަނަ، މޯލްޑިވްސް ޕޮލިޓެކްނިކް

6.  ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ، ފާތުމަތު ޝަފަޤް، ރެޑިއަމުގެ، ތ. ވިލުފުށި

7.  ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން 1 ވަނަ، ވިމެން އޮންޓަރޕްރަނިއަރސް އެސޯސިއޭޝަން މޯލްޑިވްސް

8.  މުޅި މަޢުރަޒުން 1 ވަނަ ސިޓީ/ރަށް، އައްޑޫ ސިޓީ ހިތަދޫ

9.  ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

މި ރަސްމިއްޔާތުގައި ޖުމްލަކޮށް 275 ވަނައެއް ހޮވާ އިނާމު ހަވާލުކޮށްފައިވެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މަޢުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.  

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބާއްވާ މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިޔަށްގެންދާ މައުރަޒެކެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު