އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖަށް ފުރާ މީހުން ދުރާލާ އެއަރޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމްތައް ނިންމުމަށް ފުލުހުން އިލްތިމާސްކޮށްފި

ޙައްޖަށް ފުރާ މީހުން ދުރާލާ އެއަރޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމްތައް ނިންމުމަށް ފުލުހުން އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ޙައްޖަށް ފުރާ މީހުން ދުރާލާ އެއަރޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމްތައް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވަނީ ޙައްޖަށް ފުރާ ދުވަސްތަކުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭތީއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިއުމަށްޓަކައި އެދުވަސްތަކުގައި އިތުރު ފުލުހުން އެއަރޕޯޓްގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން އެއަރޕޯޓުން ފުރާ އެހެން މީހުންނަށްވެސް ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން، އެދުވަސްތަކުގައި ފުރާ މީހުންވެސް ދުރާލާ އެއަރޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމްތައް ނިންމުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، ޙައްޖުވެރިންނާއެކު އެއަރޕޯޓަށް ދާ މީހުންނާއި ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންވެސް ފުލުހުންގެ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ. އެއީ މިމަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހެވެ.

ފުލުހުންގެ މި އިލްތިމާސްއަކީ ޙައްޖުައްޖުވެރިންނާއި އެހެން ދަތުރުވެރިންގެ ދަތުރުތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު