އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޯމް މިނިސްޓަރުގެ މަޤާމާ ޙަވާލުވުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައިވާ މިންވަރު އިތުރަށް ސާފުވެއްޖެ: ހޯމް މިނިސްޓަރ

ހޯމް މިނިސްޓަރުގެ މަޤާމާ ޙަވާލުވުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައިވާ މިންވަރު އިތުރަށް ސާފުވެއްޖެ: ހޯމް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ހޯމް މިނިސްޓަރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައިވާ މިންވަރު އިތުރަށް ސާފުވެއްޖެ ކަމަށާއި ރައީސް ޞާލިޙްގެ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ހޯމް މިނިސްޓްރީގެ ކަންކަން ކުރިއަށް ގެންދަވަން ގިން މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން ވިދާޅުވީ ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި ދެފުށް ފެންނަ ތަހުޒީބު އުޞޫލަކުން ކަންކަން ހިންގުމަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެޖެންޑާ ކާމިޔާބުކުރެއްވުމަށް މާތް ﷲ ވާގިފުޅާއިއެކު ކޮންމެ ގޮންޖެހުމަކާއިވެސް ކުރިމަތިލައްވާނެ ކަމަށެވެ!

ހޯމް މިމިނސްޓްރީ ކުރިންވެސް ފާހަގަކުރެވިފައިވަނީ ޤާނޫނު އަސާސީ އާއި އެއްގޮތަށް ޚިދުމަތް ދޭ މިނިސްޓްރީއެއްގެ ބަދަލުގައި ޓީވީ ޝޯ ކުޅޭ މިނިސްޓްރީއެއްގެ ގޮތުގައެވެ. ވަޒީރުގެ ޚިދުމަތް ފާހަގަކުރެވުނީ ވަޒީރުގެ ޚިދުމަތް ރައްޔިތުންނަށް ނުލިބުނު ނަމަވެސް ޓީވީ ޝޯތައް ބަރާބަރަށް ދެއްވަމުން ގެންދެވި، ރައްޔިތުންގެ "ރައްޔިތުންގެ ބްރޭން ވޯޝް" ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދެވި ވަޒީރެއްގެ ގޮތުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް