އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއިމެދު މިކުރާ ސުވާލު އެކުވެރިންނަށް ޙިއްޞާކޮށްލިޔަސް ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ! ތިބާވެސް ނިކަން ޖަވާބުދީބަލަ!

ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއިމެދު މިކުރާ ސުވާލު އެކުވެރިންނަށް ޙިއްޞާކޮށްލިޔަސް ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ! ތިބާވެސް ނިކަން ޖަވާބުދީބަލަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ޤިޔާމަތް ދުވަހަކީ ބިރުވެރިކަން ބޮޑުވެ މީސްތަކުންގެ ކަޅި ހުއްޓިފައިވާނެ ދުވަހެއްކަން މުސްލިމުންނަށް އެނގޭނެއެވެ. ތިބެންޖެހޭނީ ބިރުންވިރިވިރިކަންވެސް އެނގޭނެއެވެ. ހިތްހަމަޖެހުމެއް ލިބެން އޮތީ ޙިސާބު ބައްލަވައި ނިމި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ހިމެނިއްޖެކަން އެނގުމުންކަންވެސް ޤަބޫލުކުރެވޭނެއެވެ.  

ނަމަވެސް ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއިމެދު އެބަ ވިސްނައިލެވޭ ހެއްޔެވެ؟ ވިސްނުމުގައި އެކަން ހުރޭހެއްޔެވެ؟ ހިތަށް ބިރުވެރިކަން އިހްޞާޞްކުރެވޭ ހެއްޔެވެ؟  

ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގައި ތިބާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވީ މަންމައެވެ. އެމަންމަގެ ބަނޑުގައި ތިބާ 9 މަސްދުވަހު އޮތް މަންމައެވެ. ވިހެއުމަސްފަހު ގާތުންދީ ކާންދީ ފެންވަރުވައިދީ ނަޖިސްލުމުން ތާހިރުކޮށްދީ ހުރިހާ ބުރަތަކެއް އުފުލި މަންމައެވެ. ތިބާ ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަ އުފުލި މަންމައެވެ. ތިބާއަށްޓަކައި ރޭގަނޑުގެ ނިދިން މަޙްރޫމްވެ ހުރެ ތިބާއަށް ޚިދުމަތްކޮށްދިން މަންމައެވެ. އަދި ތިމާ ބޮޑުވުމުން އެމަންމައަށްޓަކައި ނުހަނު ލޯބިން ހުރިހާ ކަމެއް ކޮށްދިން މަންމައެވެ. އެމަންމަ ނިޔާވި ދުވަހު ހިތްދަތިވެ ހެދުމުގެ މޭމަތި ތެމި ފޯވަންދެން ތިބާ ކަރުނައެޅި މަންމައެވެ.  

ޤިޔާމަތްދުވަހު ތިބާގެ ގާތަށް އައިސް އެދެނީ އެންމެ ކަމަކަށެވެ. އެއީ ނަރަކައިން ސަލާމަތްވުމަށްޓަކައި ތިބާގެ ކިބައިން އެންމެ ހެޔޮކަމަކަށެވެ. ތިބާ އެމަންމައަށް ދޭނެ ޖަވާބަކީ ތިއަ ކަންތައް ކޮށްދެވޭކަށް ނެތެވެ. މަންމަ އެއެދުނީ އެންމެ ހެޔޮކަމަކަށެވެ. އެކަމަކުވެސް ތިބާ އެކަންކޮސްދޭން ދެކޮޅުހަދާނެއެވެ.  

އެއީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް ސުވަރުގެ ލިބުމަށް މަދުވެދާނެތީއެވެ. މަނަމް ފަދައިން އެންމެ ހެޔޮކަމެއް މަދުވެގެން ނަރަކައަށް ވަންނަން ޖެހިދާނެތީ ގަންނަ ބިރު ބޮޑުކަމުންނެވެ.  

ދެން ނިކަން އަހުރެންގެ މިސުވާލަށް ޖަވާބުދީބަލާށެވެ! ތިބާ މިއަދު ފާފަތައް ތިއަ ކުރަނީ ކީއްވެގެން ހެއްޔެވެ؟ މީޒާނުގައި އެފާފަތައް ނުކުރުއްވަވާނެ ކަމަށް ހީވަނީ ހެއްޔެވެ؟ ތިބާއަށް މަދުވެދާނެތީ މަންމައަށް އެންމެ ހެޔޮކަމެއް ދޭން އެވަރަށް ބިރުގަންނާނެއިރު ތިބާކުރާ ފާފަތަކުގެ ސަބަބުން އުނިވެގެންދާނީ ކިތައް ހާސް ހެޔޮކަން ކަމާއިމެދު ހިތަށް ހަމަ ބިރުވެރިކަން ނުވަންނަނީ ހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަނގަޅަށް ވިސްނައިލުމަށްފަހު އަހުރެންގެ މިސުވާލަށް ނިކަން ޖަވާބުދީބަލާށެވެ! އަދި ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއިމެދު އަހުރެން މިކުރި ސުވާލު އެކުވެރިންނަށް ޙިއްޞާކޮށްލިޔަސް ޘަވާބު ދެއްވަވާނެއެވެ! އިން ޝާ ﷲ. އެއީ އެމީހުންގެ ހިތަށްވެސް ބިރުވެރިކަން ވަދެ ޢަމަލުތައް އިބްލާޙްކުރާނެތީއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް