އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޠޯނާއަށް ﷲ ތަޢާލާ ޢަޛާބް ދެއްވަވާނެވަރާއިމެދު ވިސްނުމަކުން ކުރާނެ ފައިދާއެއް ނެތް! ފައިދާކުރާނީ ޛައްރެއްގެ މިންވަރުގެ ޢަޛާބެއް ތިމާއަށް ލިބިދާނެކަމާމެދު ބިރުވެތިވެގެން!

ޝައިޠޯނާއަށް ﷲ ތަޢާލާ ޢަޛާބް ދެއްވަވާނެވަރާއިމެދު ވިސްނުމަކުން ކުރާނެ ފައިދާއެއް ނެތް! ފައިދާކުރާނީ ޛައްރެއްގެ މިންވަރުގެ ޢަޛާބެއް ތިމާއަށް ލިބިދާނެކަމާމެދު ބިރުވެތިވެގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

ފުރަތަމަކަށްވެސް ވިސްނާލަންޖެހޭނީ އެމީހަކު ކުރިކަމެއްގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެ ކަމެވެ. އެހެން މީހަކު ކުރިކަމެއްގެ ޒިންމާއިން ބައެއްވިޔަސް ތިމާއަށް އުފުލަން ޖެހޭނީ އެކަމުގައި ތިމާގެ ޙިއްޞާއެއް ނުވަތަ ބައިވެރިވުމެއް އޮތްނަމަ އެކަންޏެވެ. ކަންބޮޑުވާންވީ އިބިލީހާއި ނުބައި ޢަމަލުތައް ކުރަމުން ގެންދާ މީހުން ކުރާ ކަންކަމާއިމެދަކު ނޫނެވެ. ތިމާއަށް ކުރެވޭ ކަންކަމާއިމެދުގައެވެ.  

ގިނަ ބައަކު ކުރާ ސުވާލެކެވެ. "ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަން އަހަރެމެންނަށް ހިތްވަރު ލިބެނީ އިބިލީހުގެ ކިބައިންނެވެ. ހުރިހާ ނުބައެއް އުފައްދުވަނީ އިބިލީހެވެ. އެހެންވީމާ އިބިލީހަކަށް ޢަޛާބެއް ނުލިބޭނެ ހެއްޔެވެ؟ ދުނިޔޭގެ އެންމެން ކުރާ ހުރިހާ ފާފަތަކެއް ކުރުވި ކަމުގެ ޢަޛާބު އިބިލީހަށް ދެއްވެވީމާ ދެންވާނީ ކިހިނެއްހެއްޔެވެ؟ އިބިލީހަށް ކެތްކުރެވޭނެ ހެއްޔެވެ؟

މިފަދަ ސުވާލުތައް ހިތަށް ވަންނަނަމަ ފުރަތަމަވެސް ވިސްނައިލަންވީ އިންސިއަކު ކަމުގައިވީނަމަވެސް ޖިންނިއަކު ކަމުގައިވީނަމަވެސް، އެމީހަކު ކުރާ ޛައްރެއްގެ މިންވަރުގެ ޢަމަލުވެސް އެމީހަކާއި ބައްދަލުކުރާނެކަމެވެ. ޙައްޤު ޖަޒާ ދެއްވަވާނެކަމެވެ. މިޘާލަކަށް ދުނިޔޭގައި އެންމެ ފުރަތަމަ ލޭ އޮހުރުވީ އާދަމްގެފާނުގެ ދަރިކަލެކެވެ. އެހެންވެ ދުނިޔޭގައި ލޭ އޮހޮރުވާ އެންމެން އެކުރާ ފާފަތަކުގެ ޢަޛާބުން އެދަރިކަލުންނަށް ބައިއެޅޭނެއެވެ.  

އެހެންކަމަށްވާއިރު ނުބައި ޢަމަލުތައްކުރަން މީސްތަކުންނަށް ވަސްވާސްދީފައި އިބިލީހަށާއި އިބިލީހުގެ ބައިވެރިންނަށް ސަލާމަތްވެވޭނީ ކިހިނަކުންހެއްޔެވެ؟ އިބިލީހުގެ ބަހަށް ހެއްލި އިބިލީސް ބުނާ ކަންކަން މީސްތަކުންލައްވައި ކުރުވަން މަސައްކަތްކުރާ އަހުރެމެންގެ ލޯތަކަށް ނުފެންނަ ޝައިޠޯނުންނާއި ފެންނަ ޝައިޠޯނުން (އިންސިންގެ ތެރޭގައި ހިމެނޭ ޝައިޠޯނުންނަށް) ވެސް އެމީހުން ކުރި ނުބައި ކަންކަމަށް ޙައްޤު ޖަޒާދެއްވަވާނެތެވެ. އެއިގެ ތެރޭގައި ވަސްވާސްދިނުން، މީހުންނަށް ހިތްވަރުދިނުން، ފާފަކުރަން ޝައުޤުވެރިވާނެ ގޮތަށް ވާހަކަދެއްކުން، ފާފަކުރަން ހިތްވަރު ލިބޭ ފޮޓޯ އާއި ވީޑިއޯ ދެއްކުން ފަދަ ހުރިހާ ކަންކަން ވަނީ ހިމެނިގެންނެވެ.  

އެހެންކަމުން އަހުރެންގެ އަޑަށް އެންމެ ގަދައަށް ބާރުލައި ބުިނަން ބޭނުންވަނީ އަހުރެމެންނަށް އޮތް އެންމެ މުހިންމުކަން ބޮޑުކަމަކީ ﷲ ތަޢާލާ، ކިތަންމެ ކުޑަ ނަމަވެސް ޢަޛާބެއް ދެއްވަވާނެ އަޅުންގެތެރޭގައި ތިމާ ނުހިމެނުމަށް މަސައްކަތްކުރިއެވެ.  

މިޘާލަކަށް ﷲ ތަޢާލާ ލަޢްނަތް ލެއްވެވި ބޮޑު އިބިލީހަށް ކިތަންމެ ގަދަ ފަދަ ޢަޛާބެއް ދެއްވެވިނަމަވެސް، އެއިބިލީހުގެ އެޖެންޓުންނަށް ކިތަންމެ ގަދަ ފަދަ ޢަޛާބުތަކެއް ދެއްވެވި ނަމަވެސް އެއއިން އެއްވެސް ކަމެއްގެ ސަބަބކުން ތިބާއަށް ނަރަކައިން ސަލާމަތެއް ނުވެވޭނެއެވެ. އަދި ތިބާއަށް ހެޔޮ ނަޞޭޙަތް ދެއްވެވި ޢިލްމުވެރިން ސުވަރުގޭގެ އެންމެ މަތ ދަރަޖަ ތަކުގައި ލެއްވެވުމަކީ ތިބާއަށް ސުވަރުގެ ވަދެވޭނެ ސަބަބެއްވެސް ނޫނެވެ.  

ތިބާއަށް ސުވަރުގެ ލިބެން އޮތީވެސް އަދި ނަރަކައިން ސަލާމަތްވެވެން އޮތީވެސް ހަމަ ތިމާކުރާ ޢަމަލުތަކުގެ ސަބަބުންނެވެ. ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކަންބޮޑުވެގެން ހުންނަންވީ ތިމާއަކީ ވެސް ކިތަންމެ ކުޑަކުޑަ ޢަޛާބެއް ނަމަވެސް ދެއްވަވައިފާނެ މީހަކު ކަމުގައި ވެދާނެތީއެވެ.  

ބިރުވެތިވާންވީވެސް ދުޢާކުރަންވީވެސް އެކަމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް