އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުބައި ޢަމަލެއްކުރަން ހިތަށް ވަންނަނަމަ ޢަމަލުކުރަން އޮތް މަގު-

ނުބައި ޢަމަލެއްކުރަން ހިތަށް ވަންނަނަމަ ޢަމަލުކުރަން އޮތް މަގު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ފާހަގަކޮށްލަން މިއުޅެނީ ވިސްނައިފި މީހަކަށް ވަރަށް މުހިންމު ކަމެކެވެ. ޝައިޠޯނާއަށް މީސްތަކުންގެ މައްޗަށް އެންމެ ފަސޭހައިން ބާރުފޯރުވޭ ވަޤުތުތަކުގެ ތެރެއިން ގިނަ ބައަކަށް އިހްމާލުވެވޭ ވަޤުތުތަކެއްގެ ވާހަކައެވެ. އަދި ވަސްވާސްދިނުމުން އެކަމުން ސަލާމަތްވާން ވަރަށް ފަސޭހައިން ކުރެވޭނެ ބައެއް ކަންކަމުގެ ވާހަކައެވެ.  

ދުނިޔެއާއި އާޚިރަތުގައިވެސް ސަލާމަތާއި ރައްކައުތެރިކަން ލިބުން އޮތީ ޝައިޠޯނާގެ ވަސްވާސްތަކާއި ދުރުހެލިވެވުނު ވަރަކުންނެވެ. ޝައިޠޯނާ އަކީ މީސްތަކުން މަގުފުރައްދުވައި މީސްތަކުން ލައްވައި ނުބައި ޢަލަުތައް ކުރުވަން މަސައްކަތްކުރުމުގައި ކަންނެތްވާނެ އެއްޗެއް ނޫނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް މީސްތަކުން ލައްވައި ފާފަކުރުވަން ގަދައަޅައި މަސައްކަތްކުރަމުން ގެންދާނެއެވެ.  

އަޅުގަޑުމެން އަބަދުމެ ކުރާ ދުޢާ އެއްގައިވެއެވެ.

(ربنا لا تؤاخذنا إن نسينا أو أخطأنا)

މާނައަކީ: "ހައްދަވައި ގެންގުޅުއްވާ އިލާހެވެ. އަޅަމެން ހަނދާން ނެތިގެން ކުރެވިފައިވާ ކަންތަކާއި، ނޭނގިގެން ކުރެވިފައިވާ ކަންތަކަށް އަދަބު ނުދެއްވާ ފާންދޭވެ".

އެހެންކަމުން، ފާފައެއް ކުރަން ޝައިޠޯނާ ދޭ ވަސްވާސް ހިތަށް ވަނުމުން އެކަމުން ދުރުހެލިވެވޭތޯ މަސައްކަތް ކުރާށެވެ. އަދި އަޢޫޛު ކިޔާ އެވަގުތަކު ކުރަން ހުރި ކަމަކުން ދުރަށް ޖެހިލާށެވެ. އިށީނދެ އިންނަމަ ތެދުވާށެވެ! އެކަނި ހުރިނަމަ އެހެން މީހުންނަށް ފެނި ބައްދަލުކޮށް ވާހަކަދައްކައިލާށެވެ! 

ޢާންމު ގޮތެއްގައި އެންމެ ގިނައިން ޝައިޠޯނާ ޙަމަލާދޭނީ އެކަނި ހުންނަ ވަޤުތުތަކުގައެވެ. އަދި ހިލޭ އަންހެނަކާއި ފިރިހެނަކާއި އެކަހެރިކޮށް ބައްދަލުވާ ވަޤުތުތަކުގައެވެ. ބައެއްގެ ތެރޭގައިނަމަވެސް ހިލޭ އަންހެނަކާއި ފިރިހެނެއްގެ ހަތަރުކަޅި ހަމަވާ ވަޤުތުތަކުގައެވެ.  

ގަދައަޅައި މަސައްކަތްކުރަންވީ އެފުރުޞަތު އިބިލީހަށް ނުދިނުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް