އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު
ލާމަސީލު
"ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ. "ލާމަސީލު" މިނަން މިއަދުނޫހުން މިކުރަނީ މިލިޔުންތެރިޔާއަކީ ލާމިސީލު ލިޔުންތެރިއަކަށްވާތީއެވެ. ސަބަބަކީ އެލިޔުންތެރިޔާއަކީ މިއަދުނޫހަށް ލިޔުން ޙިއްޞާކޮށްދެއްވާ ލޯފަން ލިޔުންތެރިއަކަށްވާތީއެވެ. ކިޔައި ލިޔެ ހަދަނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ވީމާ ހަމަ ޙަޤީޤަތުގައިވެސް އެއީ ލާމަސީލު ލިޔުންތެރިއެކެވެ. އޭނާގެ ބައެއް ލިޔުންތައް ކުރިންވެސް ވަނީ ޝާއިޢުކޮސްފައެވެ. އޭނާގެ ނަމުގައި އަދި ލިޔަން އޭނާ ބޭނުންނުވާތީ "ލާމަސީލު އެއީ މިއަދުނޫހުން ދީފައިވާ ނަމެކެވެ.
މިފަދަ ލާމަސީލު މަސައްކަތްތަކަށް މިއަދުނޫހުން އަަބދުވެސް މަރުޙބާ ކިޔާނަމެވެ. ފުރުޞަތުވެސް ދޭނަމެވެ. ހިތްވަރުވެސް ދޭނަމެވެ. އިން ޝާ ﷲ. ކިޔުންތެރިންގެ ކިބައިން އެދެނީ ލިޔުންތެރިޔާއގެ މަސައްކަތަށް ތަރުޙީބުދެއްވައި ޢޭނާއަށް ހެޔޮދުޢާކޮށްދެއްވުމެވެ. "
މީހުންނާ އެކު ދުނިޔެގަ އުޅޭ އިރު ތިބާ ކޮންމެސް މިކަންކަމާ ވިސްނާލާށެވެ. އަހަރެމެން ކޮންމެ މީހަކީވެސް ދަތުރު ވެރިޔަކީމެވެ. ހަޔާތުގެ ނަޢުގާ ދަތުރު ކުރަމުން ގެންދާ އިރު ތަފާތު އެކި އެކި މެހެމާނުންނާ ދިމާ ވާނެއެވެ. އެމީހުންނަކީވެސް ހަމަ ތިބާ ފަދައިން ވަގުތީ ދަތުރުވެރިންނެވެ.
އަހަރެމެންގެ ހަޔާތަށް ގިނަފަހަރަށް މީހުން އަންނަނީ އަހަރެމެންނަށް އެންގުމަކާ ނުލައެވެ. ހަމަ އެ ގޮތަށް އަހަރެމެންގެ ހަޔާތުން މީހުން ބޭރުވަނީވެސް އަހަރެމެންނަށް އެއްވެސް ވަރަކަށް އެންގުމަކާ ނުލައެވެ.
ބުނަން މިއުޅޭ ވާހަކައަކީ އަހަރެމެންގެ މި ވަގުތީ ދަތުރުގާ އަހަރެމެންނާ ބައްދަލުވާ މީހުންނާ އަދި އަހަރެމެންގެ ހަޔާތުގާ ވަކިވެގެން ދާ މީހުންނަކީ އަހަރެމެން އެއްވެސް މީހެއްގެ އަމިއްލަ އިހުތިޔާރުގައިވާ ކަންތައްތަކެއް ނޫނެވެ. އެކަންކަން ހިންމަވައި ދެއްވަވަނީ މާ މަތީ ފަރާތަކުންނެވެ. ތިބާގެ ހަޔާތަށް މީހުން އައުމުން އުފާކުރާ ފަދައިން މީހުން ތިބާ ދޫކޮށް ދިއުމުން އެކަމާއިވެސް ރުހި ހިންހަމަ ޖެހިގެން ހުންނާށެވެ. އެކަންކުރަން ދަސްކުރާށެވެ!
އީމާންކަމުގެ އަހުލުވެރިން އަބަދުވެސް ގަބޫލު ކުރަން ވާނެއެވެ. މޫމިނުންނަށް ދެރަވާނޭ ގޮތަކަށް ﷲ އެއްވެސް ކަމެއް ނުނިންމަވާނެއެވެ. އަހަރެމެން އަތުން ގެންދަވައިފި އެޗެއްގެ ބަދަލުގަ އެއަށްވުރެ ރަންގަޅު އެޗެއް އެކަލާންގެ އަހަރެމެންނަށް ދެވާނެއެވެ. އެކަލާންގެ އީ ދީލަތި ވަންތަ ރަސްކަލާންގެއެވެ.
Advertisement
30 މެއި 2025