އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ޙައްޤުތައްވެސް ކަށަވަރުކުރަންޖެހޭ: ޞިއްޙީ ވަޒީރު

ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ޙައްޤުތައްވެސް ކަށަވަރުކުރަންޖެހޭ: ޞިއްޙީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ޙައްޤުތައްވެސް ކަށަވަރުކުރަންޖެހޭ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އދ.ގެ އެކި އެޖެންސީތަކާއި ދިވެހި ބައެއް ޖަމްޢިއްޔާތައް އިސްނަގައިގެން، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް އަރޓިފިޝަލް ބީޗް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން، ވަޒީރު ވިދާޅުވީ މިފަދަ ދުވަހެއްގައި އެންމެ ބޮޑަށް ވިސްނަންޖެހޭ އެއް ކަމަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ސަބަބުން އެހެން މީހުންގެ ކިބައިން ނިގުޅައިގަނެވޭ ޙައްޤުތަކާ މެދުގައި ކަމަށެވެ.

"ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ސަބަބުން ގިނަ ބަޔަކު އެ ނުބައި ޢަމަލަށް ހުށައެޅޭ. އަދި އޭގެ ސަބަބުން ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ފުރިހަމަ ޞިއްޙަތެއްގައި ހުރުމުގެ ޙައްޤު ނިގުޅައިގަނެވޭ," ވަޒީރު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން މިހާރު ވަނީ ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައެވެ. މިގޮތުން ދުންފަތުން މީހުން ދުރުކުރުމަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި މީހުން ތަމްރީންކުރުމާއި އިތުރު މީހުން ދާއިރާއަށް ނެރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް އާސަންދަ ސްކީމްގެ ތެރެއިން ދުންފަތުން ދުރުވުމަށް ބޭނުންވާ ބޭސްފަރުވާ ވަނީ ހަމަޖައްސައިދީފައެވެ. މިއީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން މަދުކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު