އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި

ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަމޯއާގެ ދައުލަތުގެ އިސްވެރިޔާ، ހިޒް ހައިނަސް ޓޫއިމަލެއަލިފާނޯ ވާލެޓޯއާ ސުއަލައުވީ ދެވަނަ އަށާއި ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާއަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ތަހުނިޔާގެ މެސެޖެއް ޙިއްޞާކުރައްވައިފައެވެ.

ސަމޯއާގެ ދައުލަތުގެ އިސްވެރިޔާއަށާއި ބޮޑުވަޒީރަށް ވަކިވަކީން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި، އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެމަނިކުފާނު ވިދާޅުވެފައިވަނީ މިނިވަން ދުވަސް ފާހަގަކުރުމަކީ ޤައުމީ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގެ ޢަޒުމު އައުކޮށްދޭ އަދި އަންނަން އޮތް ހުރިހާ ޖީލުތަކަށްޓަކައި ޤައުމުގެ ތަރައްޤީގެ މަގު ކަނޑައެޅުމުގެ އަޒުމު ހަނދާންކޮށްދޭ މުނާސަބަތެއްކަމަށެވެ.

މީގެއިތުރުން ކުދި ޖަޒީރާ ތަރައްޤީވަމުންދާ ޤައުމުތަކެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއާއި ސަމޯއާއަށް ދިމާވާ ގޮންޖެހުންތަކަކީ އެއްގޮތް ގޮންޖެހުންތަކެއްކަން ފާހަގަކުރައްވާފައެވެ. މި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމުގެ ދެމެދުގައްޔާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން އިތުރުކުރެވިދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ ސަމޯއާގެ ދައުލަތުގެ އިސްވެރިޔާއަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު