އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ޅިފަޅުން ގޯތި ލިބޭ ޕްލޮޓްތަކުގެ ގުރުއަތުލުމުގެ މަސައްކަތް ނިންމައިފި

އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ޅިފަޅުން ގޯތި ލިބޭ ޕްލޮޓްތަކުގެ ގުރުއަތުލުމުގެ މަސައްކަތް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ގުޅިފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގޯތި ލިބޭ ޕްލޮޓްތަކުގެ ގުރުއަތުލުމުގެ މަސައްކަތް ނިންމައިފިއެވެ. މި ގުރުއަތުލުމުގައި ޖުމްލަ 3،557 ގޯތި ހިމެނޭއިރު، އެއީ 7 ތަފާތު ސައިޒުގެ ބިންތަކެވެ.

ގުޅިފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮތީ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ނެތި ކަމަށްވުމާއެކު، ސަރުކާރުން ވަނީ އަލުން ދިރާސާކުރުމަށްފަހު އައު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލާފައެވެ. މި އައު ޕްލޭން ވަނީ މެއި މަހުގެ 15 ވަނަ ދުވަހު އާންމުކޮށްފައެވެ.

އިއްޔެ އުސްފަސްގަނޑު ސަރަހައްދުގައި ފެށުނު ގުރުއަތުލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރޭ ފަތިހާއާ ހަމައަށް ވަނީ ނިންމާލާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ގޯއްޗާއި ބިން ލިބޭ ފަރާތްތަކާއެކު ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.

މި އައު ލޭންޑް ޔޫސް ޕްލޭނުގެ ދަށުން ގޯތިތައް ދޫކުރުމުގައި އަސާސީ ޚިދުމަތްތަކަށް އެކަށީގެންވާ ޖާގަ ކަނޑައެޅިފައިވާކަން ފާހަގަކުރެވެއެވެ. މިއީ ގުޅިފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު